އަނަންތަރާގައި ކެއްކުމުގެ މުބާރާތެއް ބާއްވައިފި

އަނަންތަރާ ކިހަވައް ވިލާސްގެ މުވައްޒަފުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތުގެ ތެރެއިން-- ފޮޓޯ / އަނަންތަރާ
އަނަންތަރާ ކިހަވައް ވިލާސްގެ މުވައްޒަފުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތުގެ ތެރެއިން– ފޮޓޯ / އަނަންތަރާ

އަނަންތަރާ ކިހަވައް ވިލާސްގެ މުވައްޒަފުންގެ މެދުގައި “ސްޕައިސް ސްޕޫން މާސްޓަ ޝެފް” ގެ ނަމުގައި ކެއްކުމުގެ މުބާރާތެއް ބާއްވައިފި އެވެ.

ހުނަރުވެރިކަން އިތުރު ކުރުމުގެ ގޮތުންނާއި މަސައްކަތަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ހަ ޓީމު ވާދަކުރި އެވެ.

“ކޮންމެ ޓީމެއްގައިވެސް ޕްރޮފެޝަނަލް ޝެފަކާއެކު ސްޓާފުންގެ ތެރެއިން 2 މީހުން ބައިވެރިވި. ވަރަށް ފޯރިއާއި ވާދަވެރިކަމާއެކު މި އިވެންޓް ނިމިގެންދިޔައި،” މާސްޓަ ޝެފް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކޭ-ޓިއުންސް (ސްޓާފް ކޮމެޓީ)ގެ ޗެއާ ޕާސަން ސޮލާހު ބުންޏެވެ.

އަނަންތަރާ ކިހަވައް ވިލާސްގެ މުވައްޒަފުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތުގެ ތެރެއިން-- ފޮޓޯ / އަނަންތަރާ
އަނަންތަރާ ކިހަވައް ވިލާސްގެ މުވައްޒަފުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތުގެ ތެރެއިން– ފޮޓޯ / އަނަންތަރާ

ސޮލާހު ބުނި ގޮތުގައި މި އިވެންޓަށް ރިސޯޓުގެ މެނޭޖްމަންޓާއި ސްޓާފުންގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވެ އެވެ.

މުސްތަގުބަލުގައި މި މުބާރާތް ބ. އަތޮޅުގެ ކައިރި ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ވިސްނާފައިވާ ކަމަށްވެސް އަނަންތަރާއިން ބުންޏެވެ.

ވާދަވެރިކަމާއެކު ނިމިގެންދިޔަ މި މުބާރާތުގެ ޖަޖުކަން ކޮށްދީފައިވަނީ އެގެޒެކްޓިވް ޝެފުންގެ ޓީމަކުން ނެވެ. އޭގެ ތެރޭގައި ސޮނެވާފުށީ ރިސޯޓްގެ ސޮނެވާފުށީގެ ސޫ ޝެފް، އަބްދުﷲ ސޮބާހު އާއި ކޮކޯ ޕާމްގެ އެގްޒެކެޓިވް ޝެފް ފާއިޒު ހުސައިން ހިމެނެ އެވެ.

އަނަންތަރާ ކިހަވައް ވިލާސްގެ މުވައްޒަފުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތުގެ ތެރެއިން-- ފޮޓޯ / އަނަންތަރާ
އަނަންތަރާ ކިހަވައް ވިލާސްގެ މުވައްޒަފުންގެ މެދުގައި ބޭއްވި ކެއްކުމުގެ މުބާރާތުގެ ތެރެއިން– ފޮޓޯ / އަނަންތަރާ

މި މުބާރާތުން އެއްވަނަ އަށް ހޮވުނު ޓީމަށް ޓްރޮފީއާއި މެޑަލް އަދި ފައިސާގެ އިނާމްވެސް ވަނީ ދީފަ އެވެ.

އަނަންތަރާ ކިހަވައް ވިލާސް އަކީ ސްޓާފުންނަށް މިފަދަ އެކިއެކި މުބާރާތްތައް ބާއްވަމުން އަންނަ ރިސޯޓެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.