ބ. އަތޮޅުން ގައްބެ އަށް އިތުރު ހިތްވަރެއް

ގައްބެ ދަރަވަންދޫއަށް ދިޔުމުން އެ ރަށުން އޭނާއަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އަތިރިމައްޗަށް އެއްވެފައި--
ގައްބެ ދަރަވަންދޫއަށް ދިޔުމުން އެ ރަށުން އޭނާއަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އަތިރިމައްޗަށް އެއްވެފައި–

 

ރާއްޖެ ވަށައި ކަޓަމަރާނެއްގައި ބުރެއް ޖެހުމަށް ނުކުމެ އުޅޭ އަބްދުލްޣަފޫރު އަލީ (ގައްބެ) ބ. އަތޮޅުގެ ތިން ރަށަށް ގާތް ކުރި އިރު ވެސް މަރުހަބާ ކިޔުމަށް ގައުމީ ހެދުމުގައި ގިނަ އަދަދެއްގެ ބަޔަކު އަތިރި މައްޗަށް ނިކުމެ ތިއްބެވެ. އަދި ބޮޑުބެރާއެކު ބައެއް ރަށްރަށުން މަރުހަބާ ކީއިރު، ރޭގަނޑުގެ ކެއުން ކޮންމެ ރަށެއްގައި ވެސް ފުރިހަމައަށް ތައްޔާރުކޮށްފައި ހުއްޓެވެ.

ގައްބެ ރޭ އީޓީ އާ ވާހަކަ ދައްކަމުން ބުނީ އެ ރަށްރަށުގެ ތަންތަން ބަލާލައި، މީހުންނާ ބައްދަލުކުރުކޮށް ލިބުނު މެހުމާންދާރީގެ ސަބަބުން އޭނާގެ މި ދަތުރަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށެވެ.

ގައްބެއަށް މަރުހަބާ ކިޔުމަށް ތުޅާދޫ އަތިރިމަތީގައި ގިނަ ބަޔަކު މަޑުކޮށްލައިގެން-- ފޮޓޯ: އެޓޯލް ސެއިލާ/ޖީއައި ޑްރޯން
ގައްބެއަށް މަރުހަބާ ކިޔުމަށް ތުޅާދޫ އަތިރިމަތީގައި ގިނަ ބަޔަކު މަޑުކޮށްލައިގެން– ފޮޓޯ: އެޓޯލް ސެއިލާ/ޖީއައި ޑްރޯން

ގައްބެ ބ. އަތޮޅުން އެންމެ ފުރަތަމަ ދިޔައީ ގޮއިދު އަށެވެ. އަންގާރަ ދުވަހުގެ ރޭ އެ ރަށުގައި މަޑުކުރުމަށް ފަހު އަނެއް ދުވަހު ހެނދުނު އޭނާ ވަނީ ތުޅާދުގޮސް އެ ރަށުގައި އޭނާ ތިންގަޑިއިރެއްހާއިރު މަޑުކުރުމަށް ފަހު ދެން ދިޔައީ ދަރަވަންދޫއަށެވެ. ދަރަވަންދޫގައި ރޭ މަޑުކުރުމަށް ފަހު އަލިފުއްޓަށް ގައްބެ ފުރީ މިއަދު ހެނދުނު އަށެއް ޖަހާކަންހާއިރު އެވެ.

ގައްބެ ގޮއިދޫއަށް ދިޔުމުން އެ ރަށުން އޭނާއަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އަތިރިމައްޗަށް އެއްވެފައި-- ފޮޓޯ: އެޓޯލް ސެއިލާ
ގައްބެ ގޮއިދޫއަށް ދިޔުމުން އެ ރަށުން އޭނާއަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އަތިރިމައްޗަށް އެއްވެފައި– ފޮޓޯ: އެޓޯލް ސެއިލާ

“ބ. އަތޮޅު ވަރަށް ވަރަށް ފުރިހަމަ. ހަމަ ބުނަންވެސް ނޭނގޭ ކަހަލަ އިތުރު ހިތްވަރެއް މިދަތުރުން ބ. އަތޮޅުން މި ލިބުނީ. ގޮއިދޫއަށް ދިޔައިރުވެސް ކައިރި ރައްތަކުން މީހުން އައިސްތިބި،” ދަރަވަންދޫގައިހުރެ ރޭ ގައްބެ އީޓީ އަށް ބުންޏެވެ.

ގައްބެ ތުޅާދޫގައި ލިޔެލާ ޖަހަނީ
ގައްބެ ތުޅާދޫގައި ލިޔެލާ ޖަހަނީ

ގައްބެ ބުނި ގޮތުގައި އޭނާ އަށް އެންމެ ފާހަގަކޮށްލެވުނީ މިއަތޮޅު ތުޅާދޫ މީހުންގެ ލިޔެލާ ޖެހުމުގެ މަސައްކަތެވެ. އަދި ލިޔެލާ ޖެހުމުގެ މަސައްކަތް ބަލާލައި އެކަން އަމަލީ ގޮތުން ތަޖުރިބާ ކޮށްލެވުނުކަންވެސް އޭނާ ފާހަގަ ކުރި އެވެ.
“ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބ. އަތޮޅު ރައްޔިތުންނަށް މިދެއްވި ތަރުހީބަށް،”

މީގެ އިތުރުން ގައްބެގެ މިދަތުގައި ގޮއިދޫއަށް ދިއުމުން އެރަށުގެ 13 އަހަރުގެ ފިރިހެން ކުއްޖަކު ބޮޑު ފުޅިމަދުގަނޑަކުން ހެދި ކަޓަމަރާނެއް ގައި އޭނާ އާއެކު ވަނީ އެރަށު ކުޅީގައި ކަތަމަރާން ދުއްވައިފަ އެވެ.

ޒަޔާން އޭނާގެ "ކަޓަމަރާން"ގައި ގައްބެއާ އެކު ދުއްވަނީ: ގައްބެ ދަތުރަށް ފުރީއްސުރެ އޭނާ އަންނަނީ އެ އުޅަނދުގެ މަސައްކަތް ކުރަމުން-- ފޮޓޯ: އެޓޯލް ސެއިލާ
ޒަޔާން އޭނާގެ “ކަޓަމަރާން”ގައި ގައްބެއާ އެކު ދުއްވަނީ: ގައްބެ ދަތުރަށް ފުރީއްސުރެ އޭނާ އަންނަނީ އެ އުޅަނދުގެ މަސައްކަތް ކުރަމުން– ފޮޓޯ: އެޓޯލް ސެއިލާ

ގައްބެ ބުނީ މިއީ އޭނާ އެއްވެސް ވަރަކަށް އުއްމީދު ކުރި ކަހަލަ ކަމެއް ނޫން ކަމަށާއި އެ ކުއްޖާގެ މަސައްކަތަށް ސާބަސް ދޭން ޖެހޭ ކަމަށެވެ. އަދި އެ ކަތަމަރާން ހެދީ ގޮއިދޫ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ ޒަޔާން މުހައްމަދު ނާޒިމު ފަދަ ކުއްޖަކާ ބައްދަލުވުމުން ވަރަށް އުފާވި ކަމަށް އޭނާ ބުންޏެވެ.

12524113_1683011138649219_3102738402692069473_n

ގައްބެ މިއަދު ހެނދުވަނީ ކަޓަމަރާންގައި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މިސްރާބު ޖަހައިފި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.