ދަރަވަންދޫ އެއާޕޯޓުން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ އޭދަފުށީގައި ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ރާފުޅިތަކެއް ނައްތާލުމުގެ މަސައްކަތް އިއްޔެ ކުރަނީ.--އީޓީ ފޮޓޯ: ރާއިފް ޔޫސުފް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ރާފުޅިތަކެއް ނައްތާލުމުގެ މަސައްކަތް އިއްޔެ ކުރަނީ.–އީޓީ ފޮޓޯ: ރާއިފް ޔޫސުފް

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅުތަކެއް ނައްތާލައިފި އެވެ.

 

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ރާފުޅިތަކެއް ނައްތާލުމުގެ މަސައްކަތް އިއްޔެ ކުރަނީ.--އީޓީ ފޮޓޯ: ރާއިފް ޔޫސުފް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ރާފުޅިތަކެއް ނައްތާލުމުގެ މަސައްކަތް އިއްޔެ ކުރަނީ.–އީޓީ ފޮޓޯ: ރާއިފް ޔޫސުފް

ބ. އޭދަފުށީގަިއ އިއްޔެ ހަވީރު ނައްތާލާފައި ބ. ދަރަވަންދޫ އެއާޕޯޓަށް ފުރަންދާ އެކި ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ބަނގުރާ ފުޅިއާއި ބިޔަރު ދަޅުތަކެވެ. އެގޮތުން 438 އަށް ބަނގުރާ ފުޅި އާއި 354 ފުޅި ބިޔަރު ނައްތާލި އެވެ.

އޭދަފުށީގައި އިއްޔެ ހަވީރު އެ ބަނގުރާތައް ނައްތާލީ، އެކަމަށްޓަކައި އުފައްދާފައިވާ ހާއްސަ ކޮމެޓީގެ ހާޒިރުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.