ސޮނެވާ އެފް އެންޑް ބީ ފުޓްސަލް މުބާރާތް ފަށައިފި

ސޮނެވާ ފުޓްސަލް މުުބާރާތް ފެށުމުގެ ރަަސްމިއްޔާތުގެ ތެރެއިން
ސޮނެވާ ފުޓްސަލް މުުބާރާތް ފެށުމުގެ ރަަސްމިއްޔާތުގެ ތެރެއިން

ސޮނެވާފުށީ ރިސޯޓްގެ އެފް އެންޑް ބީ ގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ކޮންމެ އަހަރު ބާއްވާ “ސޮނެވާ އެފް އެންޑް ބީ ފުޓްސަލް ޓޯނަމެންޓް” މުބާރާތް ރޭ ފަށައިފި އެވެ.

މާޗު 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވާދަކުރެ އެވެ. އެއީ އެފްސީ ފްލޯޓިން އާއި އެފްސީ ޗާންދަލިއާ އާއި އެފްސީ ޕިރަމިޑް އަދި އެފްސީ ޗަނބޭލި އެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޗާންދަލިޔާ އާއި ފްލޯޓިން އެވެ. މި މެޗު ނިމުނީ 5-1 އިން ފްލޯޓިން މޮޅުވެގެންނެވެ. ޕިރަމިޑް އާއި ޗަބޭލީ ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

މި މުބާރާތުގެ ދެ މެޗު މިރޭވެސް ކުޅޭނެ އެވެ.

މި މުބާރާތަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާ ކުރުމުގެ ގޮތުން ސޮނެވާފުށީ ރިސޯޓުގެ އެފް އެންޑް ބީ ޑިޕާޓްމަންޓުން ރާވާ އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. އަދި ސްޓާފުންގެ ފިޓްނަސް ލެވެލް ރަނގަޅުކޮށް ބެހެއްޓުމަށާއި ޓީމު ވޯކެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަކީވެސް މި މުބާރާތުގެ މަގުސަދެކެވެ.

ކޮންމެ އަހަރަކުވެސް ވަރަށް ފޯރިއާއި ވާދަވެރިކަމާއެކު ކުރިއަށްދާ މި މުބާރާތަށް އެ ރިސޯޓުްގެ ހުރިހާ މުވައްޒަފުންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް ސޮނެވާފުށީ ރިސޯޓުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.