މަރުހޫމް ޝާހީން ފުޓްސަލް ޗެލެންޖު: އޭދަފުށީ ޓީމުތަކަށް ފުރުސަތު ހުޅުވާލައިފި

މަރުހޫމް އަހްމަދު ޝާހީންގެ ހަނދާނުގަިއ މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ތެރެއިން – ފައިލް ފޮޓޯ
މަރުހޫމް އަހްމަދު ޝާހީންގެ ހަނދާނުގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ތެރެއިން – ފައިލް ފޮޓޯ

ލިޔުނީ؛ ރާއިފް ޔޫސުފް

އަންނަ އޭޕްރިލް މަހު ބާއްވާ އަލްމަރުހޫމް އަހްމަދު ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު އޭދަފުށީގެ ޓީމުތަކަށް ހުޅުވާލައިފި އެވެ.

މުބާރާތް އިންތިޒާމުކުރާ ކްލަބް ދަ ބިގިނާސް އިން ބުނި ގޮތުގައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާޗުމަހުގެ 3 އާ ހަމަޔަށް ވަނީ ހުޅުވިފަ އެވެ.

ބ. އަތޮޅުގެ ރިސޯޓް ތަކަށާއި އޭދަފުށީގެ ޓީމުތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މިއަހަރު 7 ރިސޯޓުން ވަނީ ބައިވެރިވެފަ އެވެ. އެއީ ލަނޑާގިރާވަރު ރިސޯޓް، އަމިއްލަ ފުށި، ސޮނެވާފުށި، ރޯޔަލް، އައިލެންޑް، ކިހާދުއްފަރު ރިސޯޓް އަދި އަނަންތަރަ ކިހަވައް ވިލާސް އެވެ. މީގެ އިތުރުން ޝާހީން ވަޒީފާ އަދާކުރި ވެލިގަނޑު ރިސޯޓުންވެސް މި މުބާރާތުގައި ވާދަކުރާނެ އެވެ.

މި މުބާރާތަށް އޭދަފުށިން ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ފަސް ޓީމަކަށެވެ. ނަމަވެސް 5 ޓީމަށް ވުރެއް އިތުރަށް ޓީމުތައް ބައިވެރިވާނަމަ، ފުރުސަތު ލިބޭނީ އެޓީމު ތަކުގެ މެދުގައި ކޮލިފައިން މެޗުތަކެއްކުޅެ އެންމެ ގަދަ 5 ޓީމަކަށެވެ.
ކޮލިފައިން މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 5 ވަނަ ދުވަހު އޭދަފުށި ފުޓްސަލް ދަނޑުގަ އެވެ.

ދަ ބިގިނާސް އިން ބުނި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ބ. އަތޮޅުގެ ރިސޯޓްތަކާއި، އޭދަފުށި ޓީމު ތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހް އާލާކުރުމާއި އެކުވެރިކަމާއި އެކު މަސައްކަތް ކުރުމުގެ ރޫޙް އާލާ ކުރުމާއި ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމާއި މުބާރާތް ތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމަށެވެ.

ރޯޔަލް އައިލެންޑް ބަލިކޮށް މިދިޔަ އަހަރު މި މުބާރާތް ކާމިޔާބުކުރީ ސޮނެވާފުށި ރިސޯޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.