އުގައިލުގެ “ސިއްހީ ހަދިޔާ” ފޭލިން އޭދަފުށީ ރައްޔިތުންނަށް ފޯރު ކޮށްދެނީ

12744171_10153488039310208_2980157392914902474_n (1)

ދިވެހިންނަށް އާއްމުކޮށް ދިމާވާ ސިއްހީ މައްސަލަތަކާއި އެ ކަންކަމުގެ ފަރުވާއާ ގުޅޭ ގޮތުން ރާއްޖޭގެ ފުރަތަމަ ޕްރޮފެސަރު އަދި ސައިންސްވެރިޔާ ހަސަން އުގައިލް ލިޔުއްވި “ސިއްހީ ހަދިޔާ” ފޮތް ފޭލި ޖަމިއްޔާ މެދުވެރިކޮށް އޭދަފުށީ ރައްޔިތުންނަށް ފޯރުކޮށްދޭން ނިންމައިފި އެވެ.

ފޭލި ޖަމިއްޔާގެ ހިންގާ ސެކްރެޓަރީ މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި އުގެއިލުގެ “ސިއްހީ ހަދިޔާ” ރައްޔިތުންނަށް ފޯރުކޮށްދިނުން އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު އޭދަފުށީ ބަނދަރު ސަރަހައްދުގަ އެވެ.

“އަޅުގަނޑުމެން މި ފޮތް ރައްޔިތުންނަށް ފޯރު ކޮށްދިނުމަށްޓަކައި އަންނަ ހުކުރު ދުވަހު ހަވީރު ރަށުގެ ބަނދަރު ސަރަހައްދުގައި ހާއްސަ މޭޒެއް ބަހައްޓާނަން. ފޮތް ދޫކުރުން އޮންނާނީ އެ ދުވަހު ހަވީރު 4:00 – 6:00 އަށް. އައިޑީ ކާޑް ހިފައިގެން އައުމުން ކޮންމެ ބޭފުޅަކަށްވެސް ފޮތް ލިބޭނެ،” ރަޝީދު ވިދާޅުވި އެވެ.

ޕްރޮފެސަރު ހަސަން އުގައިލް (ވ) "ސިއްހީ ހަދިޔާ" ފޮތް ނެރުނު ރޭ އޭޑީކޭ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް އަށް ފޮތެއް ހަދިޔާކުރައްވަނީ. މި ފޮތް އަންނަ ހުކުރު ދުވަހު އޭދަފުށީ ރައްޔިތުންނަށް ފޭލިން ފޯރުކޮށްދޭނެ-- ހަވީރު ފައިލް ފޮޓޯ
ޕްރޮފެސަރު ހަސަން އުގައިލް (ވ) “ސިއްހީ ހަދިޔާ” ފޮތް ނެރުނު ރޭ އޭޑީކޭ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް އަށް ފޮތެއް ހަދިޔާކުރައްވަނީ. މި ފޮތް އަންނަ ހުކުރު ދުވަހު އޭދަފުށީ ރައްޔިތުންނަށް ފޭލިން ފޯރުކޮށްދޭނެ– ހަވީރު ފައިލް ފޮޓޯ

 

އެކި ބަލިތަކާ ގުޅޭ ގޮތުން ލިއުއްވާފައިވާ 200 ސޮފްހާގެ އެ ފޮތުގައި ހަކުރު ބައްޔާއި ކިޑްނީގެ މައްސަލަތަކާއި ކެންސަރާއި ދިވެހިން ފަލަވުމާއި އެ ނޫން ވެސް ބަލިތަކުގެ ތަފާތު މައުލޫމާތު ހިމަނާފައިވެ އެވެ. މެޑިކަލް ޑޮކްޓަރަކަށް ނުވި ނަމަވެސް ފޮތް ލިޔުއްވަން ގިނަ ދިރާސާތަކެއް ކުރެއްވުމުގެ އިތުރުން ދިވެހިންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ މައުލޫމާތު، ސައިންސްވެރިންގެ ފަހުގެ ދިރާސާތަކާ އެކު، އެ ފޮތުގައި ހިމަނާފައިވެ އެވެ.

ސިއްހީ ގޮތުން އުގެއިލް އަމިއްލަ އަށް ކުރެއްވި ތަޖުރިބާ އަށް ބިނާކުރައްވައި، ދުޅަހެޔޮ ސިއްހަތަކަށް އިންސާނެއްގެ ދިރިއުޅުން ބައްޓަންކުރަން ޖެހޭ ގޮތުގެ މައްޗަށް ވެސް އެ ފޮތުގައި އަލިއަޅުވާލާފައިވެ އެވެ.
“ސިއްހީ ހަދިޔާ” ފޮތް ނެރުނީ ސޮނީ ހާޑްވެއާގެ އެހީތެރިކަމާ އެކު އެވެ. އެފޮތަށް އަންނަނީ އާއްމުގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން އެ ފުރަތަމަ ގެނައި 3،000 ކޮޕީ ހުސްވުމުން ފޮތުގެ އިތުރު 7،000 ކޮޕީ ވަނީ ޗާޕުކޮށްގެން ގެނެސްފަ އެވެ. މިދިޔަމަހު އެ ފޮތް ލޯންޗްކުރި ހަފުލާގައި އެކަނި ވެސް 1،000 ކޮޕީ ވަނީ ހުސްވެފަ އެވެ.

ސ. ހިތަދު އަށް އުފަން އުގައިލަކީ އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީގައި ވިޝުއަލް ކޮމްޕިއުޓިންގެ ދާއިރާއިން ސީނިއަ ޕްރޮފެސަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އޭނާއަކީ ސައިންސްގެ ރޮނގުން ޕްރޮފެސަރަކަށްވެ ވަޑައިގެންނެވި ފުރަތަމަ ދިވެއްސެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.