ބ. އަތޮޅަށް ހުޅުވާލައިގެން ފުލުހުން ފުޓްސަލް މުބާރާތެއް ބާއްވަނީ

އޭދަފުށީ އޮފީސްތަކުގެ މެދުގައި ބޭއްވި ފުޓްސަލް މުބާރާތެއްގަިއ ކުޅެނީ-- ފައިލް ފޮޓޯ
އޭދަފުށީ އޮފީސްތަކުގެ މެދުގައި ބޭއްވި ފުޓްސަލް މުބާރާތެއްގަިއ ކުޅެނީ– ފައިލް ފޮޓޯ

ލިޔުނީ؛ ރާއިފް ޔޫސުފް

ބ. އަތޮޅަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް އޭދަފުށީ ޕޮލިސް ސްޓޭޝަނުން ނިންމައިފި އެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނުން ބުނި ގޮތުގައި ‘ޔޫތް ފުޓްސަލް ޗެލެންޖް 2016’ ގެ ނަމުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ބ. އަތޮޅުގެ ރަށްތަކާއި، އޭދަފުށި ޓީމު ތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހް އާލާކުރުމާއި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމެވެ.

މި މުބާރާތުގައި އޭދަފުށި ފިޔަވައި އަތޮޅުގެ ކޮންމެ ރަށަކުންވެސް އެއް ޓީމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް އޭދަފުށިން މުބާރާތުގައި ބައިވެރިވާން އެދޭ ހުރިހާ ޓީމުތަކަށް ވެސް ޖާގަ ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މާދަމާއިން ފެށިގެން އޭދަފުށި ޕޮލިސް ސްޓޭޝަން އިން ލިބެންހުންނާނެ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާޗު މަހުގެ 9 ދުވަހުގެ 16:00 ހަމަޔަށްވަނީ ހުޅުވާލާފަ އެވެ. މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދައްކާކަށް ނުޖެހެ އެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 17-25 އަށް ބ. އޭދަފުށީގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.