ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެޕްޓަނަކަށް އަހްނަފް

ސްކޫލް ކެޕްޓަން އަހްނަފު (ވ) އަދި ޑެޕިއުޓީ ކެޕްޓަން ހަނާ (މ)—އީޓީ ފޮޓޯ / ތޯރިގް
ސްކޫލް ކެޕްޓަން އަހްނަފު (ވ) އަދި ޑެޕިއުޓީ ކެޕްޓަން ހަނާ (ކ)—އީޓީ ފޮޓޯ / ތޯރިގް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މި އަހަރުގެ ކެޕްޓަނަކަށް އެ ސްކޫލުގެ ގްރޭޑް 11 ގައި ކިޔަވަމުން އަންނަ އަހްނަފު އިބްރާހިމް ހޮވައިފި އެވެ.

ސްކޫލުގެ މަގާމުތަކަށް ހޮވުނު ދަރިވަރުން އިއުލާން ކުރުމަށާއި ޕްރިފެކްޓުން ހުވާ ކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އިއުލާން ކުރިގޮތުގައި ކެޕްޓަން ކަމުގެ މަގާމަށް އަހްނަފް ހޮވި އިރު ޑެޕިއުޓީ ކެޕްޓަނުގެ މަގާމަށް ހޮވުނީ ހަނާ ހަމްދީ އެވެ. ސްޕޯޓްސް ކެޕްޓަން އަކަށް ޒާއިން އަބްދުލް ޖަމީލު ހޮވުނުއިރު ޑެޕިއުޓީ ސްޕޯޓްސް ކެޕްޓަންގެ މަގާމަށް ހޮވުނީ ނަޝާދު އަބްދުލް ވާހިދު އެވެ.

36

އެ ރަސްމިއްޔާތުގައި ތައުލީމީ މަރުކަޒުގެ ހައުސްތަކުގެ މަގާމުތަކަށް ވެސް ވަނީ ދަރިވަރުން ހޮވާފަ އެވެ. އެގޮތުން ޔެލޯ ހައުސްގެ ކެޕްޓަން ކަމަށް ފާތުމަތު ނަހުޒާ، ބްލޫ ހައުސްއަށް ހަސަން ނަޝީތު ޔޫސުފް އަދި ވައިލެޓް ހައުސްއަށް އައިޝަތު ރަފާހާ ރަޝީދު ހޮވާފައިވާއިރު ރެޑް ހައުސްއަށް ހޮވާފައިވަނީ ހިނާ ހަމްދީ އެވެ.

ދަރިވަރުންނަށް ހުވާލައިދެއްވީ އެ ސްކޫލުގެ އިސްލާމް މުދައްރިސް އިބްރާހިމު މުހައްމަދު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.