57 ދަރިވަރުންނާއެކު ބއތމ ގައި ގްރޭޑް 11 ގެ ކިޔެވުން ފަށައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒާ އަލަށް ގުޅުނު ދަރިވަރުންނަށް މިއަދު ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމުގެ ތެރެއިން— ފޮޓޯ / ބއތމ
ބ. އަތޮޅު ތައުލީމީ މަރުކަޒާ އަލަށް ގުޅުނު ދަރިވަރުންނަށް މިއަދު ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމުގެ ތެރެއިން— ފޮޓޯ / ބއތމ

މިދިޔަ އަހަރު އޯލެވެލް ނިންމުމަށް ފަހު، ބ. އަތޮޅު ތައުލީމީ މަރުކަޒާ ގުޅުނު 57 ދަރިވަރުންނާއެކު އެ ސްކޫލުގެ ގްރޭޑް 11 ގެ ކިޔެވުން މިއަދު ފަށައިފި އެވެ.

މީގެ ކުރިން މަތީ ސާނަވީގެ ކިޔެވުން އަބަދުވެސް ފަށަނީ މެއި ނޫނީ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް މި އަހަރުން ފެށިގެން ކިޔެވުން މާޗު މަހުތެރޭ ފަށާގޮތަށް ހަމަޖެއްސީ އެ ދޭތެރެއަށް ބޮޑު ހުސްކަމެއް އަންނާތީ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި އޭލެވެލް ކްލާސްތަކުގެ ކިޔެވުން ފެށި ނަމަވެސް މި ހަފްތާ ކުރިއަށްދާނީ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އޮރިއެންޓޭޝަން ޕްރޮގްރާމުތަކެކެވެ. އެގޮތުން ލައިފް ސްކިލްސް އާއި ކެރިއާ ގައިޑެންސް ވޯކްޝޮޕް ތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނިގޮތުގައި މިއަހަރު އެ ސްކޫލުގެ ގްރޭޑް 11 އަށް އަލަށް ޖާގަ ދެވުނު ކުދިންގެ ކިޔެވުން އަވަހަށް ފެށުމުގެ ސަބަބުން، ސިލަބަސް އަވަހަށް ނިންމައި، ފިލާވަޅުތައް މުތާލިއާ ކުރުމުގައި ދަރިވަރުންނަށް ގިނަ ވަގުތު ލިބޭނެ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭލެވެލް އަށް ކިޔަވަން 57 ދަރިވަރުންނަށް އެ ސްކޫލުން މި އަހަރު ވަނީ ޖާގަ ދީފަ އެވެ. އެއީ ކޮމާސް ސްޓްރީމްގައި 31 ދަރިވަރުން އަދި ސައިންސް ސްޓްރީމްގައި 26 ދަރިވަރުންނެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒާ އަލަށް ގުޅުނު ދަރިވަރުންނަށް މިއަދު ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމުގެ ތެރެއިން— ފޮޓޯ / ބއތމ
ބ. އަތޮޅު ތައުލީމީ މަރުކަޒާ އަލަށް ގުޅުނު ދަރިވަރުންނަށް މިއަދު ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމުގެ ތެރެއިން— ފޮޓޯ / ބއތމ

މިއަހަރު އޭލެވެލްއަށް ކިޔެވުން ފަށާ ދަރިވަރުން އޭލެވެލް އިމްތިހާނު ހަދާނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެހެންވެ، ކުރިއާ ހިލާފަށް، ހުރިހާ ދަރިވަރުންނަށް 18 އަހަރު ވުމުގެ ކުރިން މިހާރު އޭލެވެލް އިމްތިހާނު ފުރިހަމަ ކުރެވޭނެ އެވެ.

އޭލެވެލް އިމްތިހާނު މި ބާއްވަނީ އޯލެވެލް އިމްތިހާނު ވެސް ބާއްވާ ދުވަސްވަރު އެވެ. މި ދެ އިމްތިހާނު އެއްކޮށް ބޭއްވުމަށް އެޑިއުކޭޝަނުން ކުރިން ވެސް ވަނީ ނިންމާފަ އެވެ.

އެޑިއުކޭޝަނުން ގަބޫލު ކުރާ ގޮތުގައި ދެ އިމްތިހާނު އެއް ދުވަސްވަރެއްގައި ބޭއްވުމަކީ ބެލެނިވެރިންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.