އޭދަފުއްޓާއި ތުޅާދޫން ބިން ގަަންނަން އަނެއްކާވެސް ހުޅުވާލައިފި

އޭދަފުށި. ފޮޓޯ: ޑައިނަމިސްޓް
އޭދަފުށި. ފޮޓޯ: ޑައިނަމިސްޓް

ބ. އޭދަފުއްޓާއި ތުޅާދޫން ބިން މިލްކުކުރެވޭގޮތަށް، އިގްތިސާދީ ބޭނުމަށް ބިން ގަތުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން އަނެއްކާވެސް ހުޅުވާލައިފި އެވެ.

އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި އޭދަފުއްޓާއި ތުޅާދޫގެ އިތުރުން ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުއްޓާއި ހދ. ހަނިމާދޫ އާއި ނ. ވެލިދޫ އަދި ކ. ތުލުސްދޫގެ އިތުރުން ދ. މީދޫޫ އިންވެސް ބިން ގަތުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފަ އެވެ.

ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ރަށްރަށުގެ ބިންތައް 35 އަހަރަށް ކުއްޔަށް ދޫކުރަން ވަނީ ނިންމައިފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައި ވިޔަފާރި އުސޫލުން ރަށްރަށުން ބިން ބޭނުންކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 31ގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށެވެ. ޕްރޮޕޯޒަލް ތައްޔާރުކުރަންވީ ގޮތުގެ ފޯމެޓް މާޗު 8 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓު ލިބެން ހުންނާނެ ކަމަށްވެސް ހައުސިން މިނިސްްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ބިމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލި ގަވާއިދުގެ ދަށުން ބިން ދޫކުރަނީ ވިޔަފާރި އުސޫލުން މުއާމަލާތްކޮށްގެން އިތުރު އާމްދަނީ އާއި ވަޒީފާގެ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށެވެ.

ބިން ދޫކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން މީހަކަށް އެންމެ ކުޑަވެގެން ދޫކުރެވޭނީ 600 އަކަފޫޓުގެ ބިމެކެވެ. ކުންފުނި ފަދަ ވިޔަފާރީގެ އުސޫލުން ބިމުން ނަފާ ނެރޭ ފަރާތްތަކަށް އެންމެ ބޮޑުވެގެން ދެވޭނެ ބިމުގެ މިން ކަނޑައަޅާނީ އެ ފަރާތަކުން ހުށަހަޅާ ޕްރޮޕޯސަލްއަކަށް ބެލުމަށް ފަހު ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.