ސޮނެވާ އެފް އެންޑް ބީ މުބާރާތުގެ ފައިނަލަށް ފްލޯޓިން އާއި ޕިރަމިޑް

sone_n

ސޮނެވާފުށީ ރިސޯޓްގެ އެފް އެންޑް ބީ ޑިޕާޓްމަންޓް ގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ކޮންމެ އަހަރު ބާއްވާ “ސޮނެވާ އެފް އެންޑް ބީ ފުޓްސަލް ޓޯނަމެންޓް”ގެ ފައިނަލުން ފްލޯޓިން އެފްސީ އާއި ޕިރަމިޑް އެފްސީ ޖާގަ ހޯދައިފި އެވެ.

 

ފްލޯޓިން ފައިނަލަށް ދިޔައީ އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ޕިރަމިޑް ފައިނަލަށް ދިޔައީ ރޭ ސެމީގައި 2-3 އިން ޗާންދަލިޔާ ބަލިކުރުމަށްފަހު އެވެ. އެ މެޗުގެމޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަބްދުލް މަޖީދު އެވެ.

މުބާރާތުގެ ފައިނަލު މެޗު އޮންނާނީ މާދަމާ ރޭ 10:00 ގަ އެވެ.

މި މުބާރާތަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާ ކުރުމުގެ ގޮތުން ސޮނެވާފުށީ ރިސޯޓުގެ އެފް އެންޑް ބީ ޑިޕާޓްމަންޓުން ރާވާ އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. އަދި ސްޓާފުންގެ ފިޓްނަސް ލެވެލް ރަނގަޅުކޮށް ބެހެއްޓުމަށާއި ޓީމު ވޯކެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަކީވެސް މި މުބާރާތުގެ މަގުސަދެކެވެ.

ކޮންމެ އަހަރަކުވެސް ވަރަށް ފޯރިއާއި ވާދަވެރިކަމާއެކު ކުރިއަށްދާ މި މުބާރާތަށް އެ ރިސޯޓުްގެ ހުރިހާ މުވައްޒަފުންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް ސޮނެވާފުށީ ރިސޯޓުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.