ވިލާ ކޮލެޖުން މޭ މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ވިލާ ކޮލެޖުން މެއި މަހު ފަށާ ކޯސްތަކާބެހޭ މައުލޫމާތުދެނީ-- ފޮޓޯ ވިލާ ކޮލެޖު
ވިލާ ކޮލެޖުން މެއި މަހު ފަށާ ކޯސްތަކާބެހޭ މައުލޫމާތުދެނީ– ފޮޓޯ ވިލާ ކޮލެޖު

ވިލާ ކޮލެޖުން އާ ތިން ކޯހެއް ތައާރަފުކޮށް، އަންނަ މޭ މަހު ފަށަން ނިންމާފައިވާ ކޯސްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވިލާ ކޮލެޖުން ވަނީ ހުޅުވާލައިފަ އެވެ. މޭ މަހު 58 ކޯހެއް ފެށުމަށް އެ ކޮލެޖުންވަނީ ނިންމައިފަ އެވެ.

އެއީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އާއި ބިޒްނަސް މެނޭޖްމަންޓާއި ޓީޗިން އާއި އެޑިއުކޭޝަނާއި ޝަރީއާ އެންޑް ލޯ އަދި ހިއުމަން ރިސޯސަސް އެކައުންޓިންގެ ދާއިރާއިންނެވެ. މީގެ އިތުރުން އެކައުންޓިން އަދި މެރިން ސްޓަޑީޒްގެ ދާއިރާ ވެސް ހިމެނެ އެވެ. މި ކޯސްތަކުން 1000 ދަރިވަރަކަށް ޖާގަ ލިބޭނެ އެވެ.

އަލަށް ފަށާ ކޯހަކީ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުގެ ބީއެސްސީން ކޮމްޕިއުޓާ ސައިންސާއި ލޯގެ ޑިގްރީ ކޯހަކާއި ދިވެހިބަހާއި ތާރިީހާ ގުޅޭ ޑިގްރީ ފެންވަރުގެ ކޯހެކެވެ.

ޔުނިވަސިޓީ އޮފް ވެސްޓް އިންގްލެންޑުގެ ދެ ކޯހުގެ ފީ އަކީ އަހަރަކަށް 39،500ރ. އެވެ. އަދި ދިވެހި ބަހާއި ތާރީހާ ބެހޭ ކޯހުގެ ފީއަކީ އަހަރަކަށް 30،000ރ. އެވެ.

މޭ މަހު ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ މާސްޓާސް ފެންވަރުގެ ފަސް ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ފެންވަރުގެ ހަތަރު ކޯހަކާއި ޑިގްރީ ފެންވަރުގެ 14 ކޯހަކާއި އެޑްވާންސް ޑިޕްލޮމާގެ ދެ ކޯހެކެވެ. އަދި ޑިޕްލޮމާ ފެންވަރުގެ ފަސް ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ ނުވަ ކޯހަކާއި ސެޓްފިކެޓް ތިނެއް ފެންވަރުގެ އަށް ކޯހެއް ހިމެނެ އެވެ.

މި ކޯސްތައް ތައާރަފްކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވީ އެ ކޮލެޖހުގެ އަމާޒަކީ ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު ކޯސްތަކެއް ހިންގުން ކަމަށެވެ. އެގޮތުން ރާއްޖޭގައި އަލަށް ދިވެހިބަހާ ތާރީހާ ގުޅޭ ކޯހެއް ފެށުމަކީ ބަސް ކުރިއަރުވަން ކުރެވޭ ވަރަށް މުހިއްމު ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ވިލާ ކޮލެޖުން މިހާރު ވެސް އިނގިރޭސިވިލާތުގެ ކޯސްތައް ރާއްޖޭގައި ހިންގަ އެވެ.

ވިލާ ކޮލެޖުގެ އަށް ކެމްޕަހަކާއި މާލޭގައި ހުންނަ ކިއުއައި ކެމްޕަސްގައި 4،000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ މަތީ ތައުލީމް ހާސިލްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.