މޫނު ނިވާކޮށްގެން ތިބި ބަޔަކު ބ. ހިތާދޫ ކައުންސިލު އިދާރާ ފަޅާލައި އެތަނުގެ ތިޖޫރީ ހުރި ފައިސާތައް ނެގި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހިތާދޫ ކައުންސިލު އިދާރާގެ ތިޖުރީ ފަޅާލައި ވައްކަން ކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފަތިހު އެތަނުގެ ވޮޗަރު ބަނދެފައި ބޭއްތިއްބުމަށް ފަހު އެވެ.
އެ ތިޖޫރީގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަން އަދި ސާފެއް ނުވެ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.