ވޮލީ ބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި އިންޓަ ސްކޫލު ބީޗުވޮލީ ޓޯނަމެންޓުގެ 16 އަހަރުން ދަށުގެ ޗެމްޕިއަން ކަން ބ. ގޮއިދޫ ސްކޫލު ހޯދައިފި އެވެ.
ގޮއިދޫ ސްކޫލް 16 އަހަރުން ދަށުގެ އަންހެން ބައިން ޗެމްޕިއަކަން ހޯދާފައިވާއިރު މިބައިގެ އޯޕަން ކެޓަގަރީންވެސް ގޮއިދޫ ސްކޫލުވަނީ އެއްވަނަ ހޯދާފައެވެ.
16 އަހަރުން ދަށުގެ ފިރިހެން ބައިގައި އެސްކޫލުން މިއަހަރުވަނީ އަލަށް ބައިވެރި ކޮށްފައެވެ. މިބައިންވެސް ގޮއިދޫ ސްކޫލު ވަނީ ތިންވަނަ ހޯދާފައެވެ.
ރާއްޖޭގެ ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި މާލޭގެ އިތުރުން ހަމައެކަނި ބައިވެރިވީ ގޮއިދޫ ސްކޫލުންނެވެ.
މިދިޔަ އަހަރު ބޭއްވި މުބާރާތުންވެސް ގޮއިދޫ ސްކޫލު ވަނީ ޗެމްޕިއަން ކަން ހޯދާފަ އެވެ.