މޫނު ނިވާކޮށްގެން ތިބި ބަޔަކު ރީތި ބީޗު ރިސޯޓަށް އަރައި ދެ ތިޖޫރީ ފޭރިގެންފި

ރީތި ބީޗް ރިސޯޓް. އެ ރިސޮޓުގެ ތިޖޫރީތަކެއް ރޭ ވަނީ ވަގަށް ނަގާފައި
ރީތި ބީޗް ރިސޯޓް. އެ ރިސޮޓުގެ ތިޖޫރީތަކެއް ރޭ ވަނީ ވަގަށް ނަގާފައި

މޫނު ނިވާކޮށްގެން ތިބި ބަޔަކު ރޭ ދަންވަރު ބ. އަތޮޅު ރީތި ބީޗު ރިސޯޓަށް އަރައި އެ ރިސޯޓުގެ ދެ ތިޖޫރީ ފޭރިގަނެގެން ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވި ގޮތުގައި ރީތި ބީޗު ރިސޯޓުގެ ތިޖޫރީތަކެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެެއްގަ އެވެ. އަދި މިކަމާ ގުޅިގެން، އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ފުލުހުންގެ ޓީމެއް ރޭ ފަތިހުން ފެށިގެން ރިސޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ރިސޯޓަށް އަރައި ތިޖޫރީތައް ވަގަށް ގެންދިޔައީ އެ ރިސޯޓުގެ ރިސެޕްޝަނިސްޓް ޑިއުޓީގައި އިން މުވައްޒަފު ބަނުމަށްފަހު އެވެ. ވައްކަމުގެ މައްސަލާގައި މިހާތަނަށް އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. އެ މީހުން ގެންދިޔަ ތިޖޫރިތަކުގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަން އަދި ސާފެއް ނުވެ އެވެ.

ވައްކަމުގެ މައްސަލާގައި ރިސޯޓުގެ ބަހެއް އަދި ނުލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.