ސޮނެވާ އެފް އެންޑް ބީ މުބާރާތް ޕިރަމިޑް ކާމިޔާބު ކޮށްފި

ސޮނެވާ އެފް އެންޑް ބީ ފުޓްސަލް ޓޯނަމެންޓް” ގެ ޗެމްޕިއަންކަން ހޯދި ޕިރަމިޑް ޓީމު—އީޓި ފޮޓޯ / ރާއިފް ޔޫސުފް
ސޮނެވާ އެފް އެންޑް ބީ ފުޓްސަލް ޓޯނަމެންޓް” ގެ ޗެމްޕިއަންކަން ހޯދި ޕިރަމިޑް ޓީމު—އީޓި ފޮޓޯ / ރާއިފް ޔޫސުފް

ސޮނެވާފުށީ ރިސޯޓްގެ އެފް އެންޑް ބީ ޑިޕާޓްމަންޓް ގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ބޭއްވި “ސޮނެވާ އެފް އެންޑް ބީ ފުޓްސަލް ޓޯނަމެންޓް” ޕިރަމިޑް އެފްސީ ކާމިޔާބުކޮށްފި އެވެ.

ޗެމްޕިއަން ޓީމަށް އެ ރިސޯޓުން 10،000ރ. އަދި ރަނާއަޕް ޓީމަށް 5،000ރ. ހުށަހަޅާފައިވާ މި މުބާރާތުގައި ޕިރަމިޑް ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފްލޯޓިން އެފްސީ ޓީމު 4-3 އިން ބަލިކޮށްފަ އެވެ.

sone

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް އަބްދުލް މަޖީދު (މަޖިއްޓޭ) އާއި ހުސެއިން ހާރިސް އާއި އަހްމަދު ޝިމާޒު އާއި އަފްލަހު އަލީގެ އިތުރުން އިބްރާހިމް މުހައްމަދު އެވެ.

މުވައްޒަފުންގެ މެދުގެ އެކުވެރިކަން އާލާ ކުރުމުގެ ގޮތުން މިދިޔަ ފެބްރުއަރީ 26 އިން ރޭ ގެ ނިޔަލަށް އެ ރިސޯޓުގެ ފުޓްސަލް ދަނޑުގައި ބޭއްވި މި މުބާރާތުގައި އެފް އެންޑް ބީ އިން ހޮވާލެވުނު 4 ޓީމު ވާދަކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.