އޭދަފުށީ ކައުންސިލުން މާދަމާރޭ ރައްޔިތުންނާ ބައްދަލުކުރަނީ

DSC_0032

ބ. އޭދަފުށީ ކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލުކުރުން މާދަމާ އޮންނާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.

މިދިޔަ މަހުތެރޭ ބާއްވަން ކުރިން ތާވަލް ކުރި ބައްދަލުވުން މާދަމާރޭ ބާއްވަން ހަމަޖައްސައި، އެކަން ކައުންސިލްގެ ފަރާތުން އާންމުކޮށް އިއުލާން ކޮށްފައި ވީ ނަމަވެސް ބައްދަލުވުން ފަސް ކުރަން ޖެހުނު ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ރަށު ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނެފައިވާގޮތުން ބައްދަލުވުން އޮންނާނީ މާދަމާރޭ 9:00 ގައި އޭދަފުށީ މަލްޓިޕާޕަސް ހޯލުގަ އެވެ.

މި ބައްދަލުވުމަކީ ރަށު ކައުންސިލުން ބުނި ގޮތުގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމާއި މިއަހަރު ކައުންސިލުން ކުރިއަށްގެންދަން ރާވާފައިވާ ކަންތައްތައް ރައްޔިތުންނާއި ހިއްސާކޮށް، ހިޔާލާ މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުމެކެވެ.

އޭދަފުށީ ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރުމަށް މީގެ ކުރިން ބޭއްވި ބައްދަލުވުންތަކަށް އެކަށީގެންވާ ތަރުހީބެއް ލިބިފައެއް ނުވެއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްގެ ފަރާތުން ބޭއްވުމަށް ލާޒިމްވާ މި ބައްދަލުވުމުގައި ވީހާ ވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް ކައުންސިލްގެ ފަރާތުން އެދިލައްވަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.