ކޮންމެ ގެއަކަށް ފަސް ލެޑް ލައިޓް، ނަން ނޯޓް ކުރަން ހުޅުވާލައިފި

ފެނަކަ އޭދަފުށީ އިންޖީނުގެ. ދެން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތި ނުވާނެކަމަށް އެތަނުން ބުނޭ-- ފައިލް ފޮޓޯ
ފެނަކަ އޭދަފުށީ އިންޖީނުގެ. – ފައިލް ފޮޓޯ

ތިމާވެއްޓާ ރައްޓެހި ހަކަތަ އަށް ބަދަލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޗައިނާ އިން ރާއްޖެ އަށް ހަދިޔާ ކުރި ލެޑް ލައިޓް އޭދަފުށިން ބޭނުންވާ ފަރާތްތަކަށް ނަންނޯޓް ކުރުމަށް ފެނަކަ އޭދަފުށީ ބްރާންޗުން މިއަދު ހުޅުވާލައިފި އެވެ.

އެ ބްރާންޗުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ނަން ނޯޓް ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 20 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ވަކިން ކަރަންޓް މީޓަރު ލާފައިވާ ކޮންމެ ގޭ ބިސީ އަކަށް 5 ލެޑް ލައިޓް ފޯރުކޮށްދޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ލައިޓް ބޭނުންވެގެން ނަން ނޯޓް ކުރާއިރު ގޭ ބިސީއަށް ނިސްބަތްވާ މީހަކު އައިޑީކާޑުގެ ކޮޕީއަކާއެކު ފެނަކަ އޭދަފުށީ ބްރާންޗަށް ހާޒިރުވާންޖެހެ އެވެ. ނަން ނޯޓްކުރުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30ން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށް ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މި ފަހަރު ލިބިފައި ވަނީ ދެ ލައްކަ ދިހަ ލައިޓު ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 78،750 ހޮޅިބުރި އާއި 131،250 ލެޑް ބޮތްކެވެ. އެއީ 10 މިލިއަން ރުފިޔާގެ އަގުހުރި ލައިޓްތަކެކެވެ.

މިދިޔަ އަހަރު ޗައިނާ އިން ހަދިޔާ ކުރި ދެ ލައްކަ އަށް ވުރެ ގިނަ ލެޑް ލައިޓް ވަނީ އާންމު ފަރުދުންނަށާއި ދައުލަތުގެ މުއައްސަސާތަކަށާއި ސަރުކާރުގެ އޮފީސްތަކަށް ފޯރުކޮށްދީފަ އެވެ. އެގޮތުން 164 ރަށަކާއި 511 މުއައްސަސާ އަށް ވަނީ ހޮޅިބުރި ފޯރުކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.