މިމަހު 17 ވަނަ ދުވަހު ފެށުމަށް ޕޮލިހުން ހަމަޖައްސާފައިވާ ޔޫތު ފުޓްސަލް ޗެލެންޖް މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.
އޭދަފުށީ ޕޮލިސް ސްޓޭޝަނުން ބުނީ މުބާރާތް ފަށާ ތާރީހު ފަހުން އިއުލާންކުރާނެ ކަމަށެވެ.
ޕޮލިހުން ބުނި ގޮތުގައި މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ފަސްކުރީ އަތޮޅުތެރޭގެ ހާލަތު މިވަގުތު ހުރި ގޮތުން ކަމަށެވެ.
މި މުބާރާތުގައި އޭދަފުށި ފިޔަވައި އަތޮޅުގެ ކޮންމެ ރަށަކުންވެސް އެއް ޓީމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް އޭދަފުށިން މުބާރާތުގައި ބައިވެރިވާން އެދޭ ހުރިހާ ޓީމުތަކަށް ވެސް ޖާގަ ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ.
.
މި މުބާރާތް ބޭއްވުމަށް ކުރިން ހަމަޖެހިފައިވަނީ މިމަހުގެ 17-25 އަށް ބ. އޭދަފުށީގަ އެވެ..