“ކޮންމެ ގެއަކަށް ފަސް ލެޑް ލައިޓް، ނަން ނޯޓް ކުރަން ހުޅުވާލައިފި” މި ސުރުހީގެ ދަށުން އިއްޔެ އީޓީ ގައި ލިޔެފައިވާ ހަބަރުގައި ލެޑް ލައިޓް ބޭނުންވާ ފަރާތްތަކުން ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 30 ގެ ނިޔަލަށް ކަމަށް ޖެހިފައި ވަނީ އޮޅުމަކުންނެވެ. ރަނގަޅު ގޮތަކީ ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 20 ގެ ނިޔަލަށެވެ. އަދި ނަން ނޯޓްކުރުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30ން ފެށިގެން މެންދުރުފަހު 3:00 އަ އެވެ. ވީމާ މި ކުށަށް ކިއުންތެރިންގެ ކިބައިގެން މައާފަށް އެދެމެވެ.