އޭދަފުށީގައި އިތުރު ޗެރީގަހެއް!

އޭދަފުށީ ތަރާނާ ގޭގައި ހެދިފައިހުރި ޗެރީ ގަސް
އޭދަފުށީ ތަރާނާ ގޭގައި ހެދިފައިހުރި ޗެރީ ގަސް

ބ. އޭދަފުށީގައި އިތުރު ޗެރީގަހެއް ފޯދި ގިނަ އަދަދަކަށް ޗެރީ އަޅަންފަށައިފިއެވެ.

ރާއްޖޭގައި ވަރަށް މަދުންނޫނީ ނުހެދޭ މޭވާއެއްކަމުގައިވާ “ޗެރީ” ގަހެއް އަނެއްކާވެސް ފޯދިފައިމިވަނީ އޭދަފުށީ “ތަރާނާ” ގޭ ގޯތިތެރޭގައެވެ.

ތަރާނާ ގެއިން ވާހަކަދެއްކި އާއިޝަތު ނަޞީރާ ބުނީ މިގަހަކީ އޭދަފުށީގައި ފުރަތަމަ ހެދުނު “ރަންގަލި” ގޭގެ ޗެރީގަހުގެ ދަރިއެއްކަމަށެވެ.

“އެގެއިން ގޮފިކޮޅެއްގެނެސް އިންދާފައި ބެހެއްޓީ، މާބޮޑަކަށް އަޅައެއްވެސް ނުލަން އެހެންހުއްޓާ ވަރަށް ރީއްޗަށް ގަސްހެދެމުން ގޮސް މިއަހަރު މިފޯދުނީ،” އޭދަފުށީ މެޖިސްޓްރޭޓް ކޯޓްގައި މަސައްކަތްކުރާ އައިޝަތު ބުންޏެވެ.

18-V (1)

އާއިޝަތު ބުނީ މިދުވަސްކޮޅު ގިނަ އަދަދަކަށް ޗެރީ އަޅަމުންދާކަމަށާ، ޗެރީތައް އެގެއަށް އަންނަ ފަރާތްތަކަށް ދެމުންދާ ކަމަށެވެ. އަދި ބައެއް މީހުން ގަސްބަލަން އައިސްހަދާ ކަމަށްވެސް އޭނާ ބުންޏެވެ.

“އަޅުގަނޑަށް މީރުއެއްޗެއްނޫން މީ، ދެން ސްކޫލް ކުދިންވެސް ވަރަށް ގިނައިން އާދޭ، ޗެރީ ފަތް، ގަހުގެ މޫ ސްކޫލަށް ގެންދަންވެސް، އަންނަ މީހުންނަށް ޗެރީތައް ބަހާލަނީ.”

އޭދަފުށީގައި މީގެ އަހަރުތަކެއް ކުރިން “ރަންގަލި” ގޭގައި ޗެރީގަހެއް ހެދި ފޯދިހެދިފައިވެސް ވެއެވެ. މިއީ ރާއްޖޭގައި ވަރަށް މަދުންނޫނީ ނުހެދޭ ބާވަތެއްކަމަށް ގިނަބަޔަކު ބުނެއެވެ.

ޗެރީއާ ބެހޭ މައުލޫމާތު ހިމެނޭ ލިޔުންތަކުގައި ބުނާ ގޮތުން އޭގެ ގަހެއް ހެއްދުމަކީ ފަސޭހަކެއް ނޫނެވެ. އަދި އަމުދުން ރާއްޖޭގައި ޗެރީ ގަސް ހައްދައި، އޭގައި މޭވާ އެޅުމަކީ ކުޑަ ކަމެއް ނޫނެވެ. ޗެރީ އަކީ ހައްދަން އުނދަގޫ ގަހަކަށް ވާއިރު ފާޑުފާޑުގެ ބަލިތައް ޖެހެ އެވެ. އަދި ރާއްޖެ މި އޮންނަ ސަރަހައްދުގެ މޫސުން ވެސް ޗެރީގަހާ ބީރައްޓެއްސެވެ. އެ ގަސް އާންމުކޮށް ހެދެނީ ޔޫރަޕާއި އޭޝިއާގެ ހުޅަނގު ބިތުގެ ގައުމުތަކާއި އެފްރިކާގެ އުތުރު ބިތުގެ ގައުމުތަކުގަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.