އެވޯޑް ލިބުމާއެކު އޭދަފުށީ ކައުންސިލަށް ފާޑުކިޔުންތައް އަމާޒުވެފައި

އޭދަފުށީ ކައުންސިލަރުން
އޭދަފުށީ ކައުންސިލަރުން

މިދިޔަ އަހަރު ބ. އަތޮޅުން އެންމެ ހިންގުންތެރި ކައުންސިލަކަށްދޭ އެވޯޑް އޭދަފުށީ ކައުންސިލަށް ލިބުމާ ގުޅިގެން އެ ކައުންސިލަށް އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ފެށިތާ ފަސް އަހަރު ފާހަގަ ކުރުމުގެ އުފުލުގައި އާދީއްތަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ލާމަރުކަޒީ ދުވަހުގެ ޖަލްސާގައި އޭދަފުށީ ކައުންސިލާ މި އެވޯޑް ހަވާލުކޮށްދެއްވީ އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

އޭދަފުށީ ކައުންސިލަށް މި އެވޯޑް ލިބުނު ޚަބަރު އިއްޔެ އީޓީ ގައި ރިޕޯޓް ކުރުމާއެކު އެ ޙަބަރަށް މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނީ އެންމެ ހިންގުންތެރި ކައުންސިލަކަށް ވުމަށްޓަކައި އޭދަފުށީ ކައުންސިލުން ކޮށްފައިވާ މަސައްކަތްތައް ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށެވެ.

“ރައްޔިތުންގެ ފައިދާއާއި ލާބަހުރި އެއްވެސް މަސައްކަތެއް ކޮށްފައިނުވާ، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެއްވެސް ކަމެއް މުއްދަތުގައި ފުރިހަމަ ނުކުރާ ކައުންސިލަކަށް މި އެވޯޑު ލިބުމުން އަޅުގަނޑު ކަންބޮޑުވެ ހިތާމަކުރަން. މިއީ ބ. އަތޮޅުގެ އެހެން ރަށު ކައުންސިލްތަކަށް ވެވުނު ވަރަށް ބޮޑު ބޭ އިންސާފެއްކަމުގައިވެސް ދަންނަވަން. މިކަން އިތުރަށް ބެއްލެވުމަށް އެލްޖީއޭއަށް ގޮވާލަން. އަދި ރަށު ކައުންސިލް ހޮވުމުގައި އަތޮޅު ކައުންސިލްގެ ބަހެއް ވެސް ހޯދުމަކީ އެންމެ ރަނގަޅުގޮތްކަމުގައި ދަންނަވަން،” އައިޝަތު ހުދާ ގެ ނަމުގައި ކޮށްފައިވާ އެ ކޮމެންޓްގައިވެ އެވެ.

ތިރީގައި އެވަނީ ބައެއް މީހުން ސޯސަލް މީޑިއާގައި ކޮންފައިވާ ބައެއް ކޮމެންޓްތައް:

“ތީ ސީދާ ކޮރަޕްޝަން… މާޅޮސް ކައުންސިލް ވަރެއް ނެތް…

“އެންމެ މޮޅު ކައުންސިލަކީ އެއްވެސް ކަމެއް ނުކޮށް ތިބި މީހުން.”

“ވަރަށް ހިންގުންތެރި ކައުންސިލެއް. ދުނިޔޭގަވެސް ހިޔެއް ނުވޭ މިވަރުގެ ހިންގުންތެރި ކައުންސިލެއް އޮންނަހެން،”

“ކޮންކަމެއް ކޮށްގެން އޭދަފުށީ ކައުންސިލަށް މި އެވޯޑް ލިބުނީ… ކުރިކަމެއް ހަރާން. މި ގައުމަށް ތަރައްޤީއެއް ނުގެނެވުނަސް ވާނެ އެވޯޑްތަކެއްދޭން،”

“އޭދަފުށީ ކައުންސިލަކީ ރަށޫގެ ތަރައްޤީއަށް އެއްވެސް ކަމެެއް ކުރާ ބައެއްނޫން. ނަމެއްގަ ތިބޭ ބައެއް. ތީ ހައްގު އެއްޗެއް ނޫން އޭދަފުއްޓަށް. ލަދުވެސް ގަނޭ. ކައުންސިލުގެ ރައީސް އިސްތިއުފާ ދެއްވާފަ ގޭގަ މަޑުކޮށްލާ. މަށަށް ދެން ތިޔަބައިމީހުން ހޮވާކަށް ވޯޓެއް ނުދެވޭނެ”

އެލްޖީއޭ އިން ބުނިގޮތުގައި މި އެވޯޑް ދިނީ ކައުންސިލްތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މިދިޔަ އަހަރު ކައުންސިލްތަކުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އެގޮތުން ރަނގަޅަށް ޕާފޯމް ކުރާ ކައުންސިލަކުން ވެސް އެލްޖީއޭއަށް މައުލުމާތު ފޯރުކޮށްނުދޭނަމަ ރޭކިންގައި ރަނގަޅު ވަނައެއް ނުލިބި ހިނގައިދާނެ ކަމަށް އެލްޖޭއޭ އިން ބުންޏެވެ.

އެލްޖީއޭއިން މި އެވޯޑް އޭދަފުށީ ކައުންސިލަށް ދިން އިރު ސްލޫކީ މައްސަލައެއްގައި އެ ކައުންސިލުގެ މެންބަރަކުވަނީ މިދިޔަ މަހު ސަސްޕެންޑް ކޮށްފައެވެ. އަދި އޭނާގެ ސްލޫކީ މައްސަލަ ބެލި އިރު އޭނާ އާ ގުޅޭ ޖިނާއީ މައްސަލައެއްވެސް ފާހަގަކުރެވިގެން އެ މައްސަލަވަނީ ފުލުހުންނަށްވެސް ހުށަހަޅައިފަ އެވެ.

އޭގެ އިތުރުން އޭދަފުށީ ކައުންސިލުން އާއްމު ރައްޔިތުންނަށް ތަފާތުކުރުން ގެންގުޅޭ މައްސަލަތައްވެސް އަތޮޅު ކައުންސިލުން އަވަސް މައްސަލަތަކެއްގެ ގޮތުގައި މިހާރުވެސްދަނީ ބަލަމުންނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.