އޭދަފުށީގެ ތިން ގެއަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށް، ބައެއް ތަކެތި ހޯދައިފި

ބ. އޭދަފުށީގެ ތިން ގެއަކުން ވައްކަން ކުރި މީހާ އަތުން އަތުލައިގަތް ބައެއް ތަކެތި – ފޮޓޯ / ޕޮލިސް
ބ. އޭދަފުށީގެ ތިން ގެއަކުން ވައްކަން ކުރި މީހާ އަތުން އަތުލައިގަތް ބައެއް ތަކެތި – ފޮޓޯ / ޕޮލިސް

ބ. އޭދަފުށީގެ ތިން ގެއަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށް ވަގަށް ނާގާފައިވާ ބައެއް ފައިސާއާއި ތަކެތި އޭދަފުށީ ޕޮލިސް ސްޓޭޝަނުން ހޯދައިފި އެވެ.

ފުލުހުން ބުނި ގޮތުގައި އޭދަފުށީގެ ތިން ގެއަކުން ވައްކަންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ފިރިހެނެކެވެ.

“މި މީހާ ހައްުޔަރުކޮށް އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފައިސާތަކަކާއި ރަން ފަށެއްގެ އިތުރުން ވޮލެޓްތަކެއް ފެނިފައި،” ފުލުހުން ބުންޏެވެ.

ފުލުހުން ބުނގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ އޭދަފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލަތަކާއި ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.