އޭދަފުށީގައި ފެނުގެ ނިޒާމު ގާއިމުކޮށްދޭނެ ބަޔަކު ހޯދަނީ

ބ. އޭދަފުށި
ބ. އޭދަފުށި

ބ. އޭދަފުށްޓާއި ތ. ވިލުފުށީ ފެނުގެ ނިޒާމް ގާއިމުކޮށް ދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ މި ދެ ރަށުގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ ބީލަމުގައި ބައިވެރިވެވޭނީ 1500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކައިގެން ކަމަށެވެ. އަދި އެ ދެ ރަށުގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން 462،600 ރުފިޔާ ބިޑު ސެކިއުރިޓީގެ ގޮތުގައި ބަހައްޓަންޖެހޭނެ ކަމަށެވެ.

މި މަސައްކަތުގެ ތެރޭގައި ހިމެނެނީ ފެނުގެ ވިއުގަ އެޅުމާއި ބޯހޯލްް ހެދުމާއި ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ގާއިމްކުރުމާއި އާރްއޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި އެކު ބިލްޑިންއެއް އެޅުމުގެ މަސައްކަތެވެ.

މި ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިން އޭފްރިލް 5 ގައި އޮންނާނެ އެވެ. ބީލަން ހުޅުވުން އޮންނާނީ 2016 މޭ 9 ވާ ހޯމަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.

ބ. އޭދަފުށީ ފެނުގެ ނިޒާމުގެ ޑިޒައިން ކުރުމާއި ބީލަމުގެ ލިއެކިއުންތައް ތައްޔާރުކޮށް އަދި ސާވޭގެ މަސައްކަތް ކުރީ ކުވެއިތުގެ އަލް-ހަބްޝީ ކޮންސަލްޓަންސީއިންނެވެ.

އޭދަފުށީ ފެނުގެ ނިޒާމު ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވާއިރު ތާރު އަޅައިގެން ރަށުގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫއު ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.