ރެފްރީގެ އެވޯޑް ޝިފާން ދިފާއުކޮށްފި

ހަވީރު ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ރެފްރީގެ މަގާމް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ހޯދި އަހުމަދު ޝިފާން (ކ) އަށް ވޮލީބޯޅަ އިސް ޖަޖް މުހައްމަދު ނަދީމް އިނާމް ހަވާލުކޮށްދެއްވަނީ. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން
ހަވީރު ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ރެފްރީގެ މަގާމް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ހޯދި އަހުމަދު ޝިފާން (ކ) އަށް ވޮލީބޯޅަ އިސް ޖަޖް މުހައްމަދު ނަދީމް އިނާމް ހަވާލުކޮށްދެއްވަނީ. –ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން

ހަވީރުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ރެފްރީގެ އެވޯޑް ބ. ދަރަވަންދޫއަށް އުފަން އަހުމަދު ޝިފާން އަބްދުއްރަހީމް ދިފާއު ކޮށްފި އެވެ.

ޝިފާންގެ ފަހަތުން އެ އެވޯޑާ ވާދަކުރީ ކުރިން މި އެވޯޑް ތިން ފަހަރު ހޯދާފައިވާ އަހުމަދު އަމީޒް އަދި ޒުވާން ރެފްރީ އާދަމް ފަޒީލެވެ.

ޝިފާނަށް ހަވީރުގެ އެވޯޑް ހަވާލުކޮށްދެއްވީ ވޮލީބޯޅަ އިސް ޖަޖް މުހައްމަދު ނަދީމް އެވެ.

ހަވީރުން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަސަދުﷲ އަބްދުﷲ އެވެ. މިއީ ހަވީރު ސްޕޯޓްސް އެވޯޑްގެ ތާރީހުގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ކުޅުންތެރިޔަކު ދިފާއުކުރި ފުރަތަމަ ފަހަރު. ދެ ވަނަ އަށް ދިޔައީ އަސްހަދު އަލީ (އަޑުބަރޭ). ތިން ވަނަ ލިބުނީ އަހުމަދު ނާޝިދު (ނާއްޓޭ) އަށެވެ.

މިދިޔަ އަހަރުގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ ނިއު ރޭޑިއަންޓުގެ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ކްލަބް އީގަލްސްގެ އިބްރާހިމް މުބީން (މުއްކި) އާއި ޓީސީ ސްޕޯޓްސްގެ ނާއިޒް ހަސަން (ދާދު) އާ ވާދަކޮށް ހަމްޕު އެވޯޑް ހާސިލްކުރިއިރު އޭނާ މިވަގުތު ރާއްޖޭން ބޭރުގައި ހުރުމުން އެވޯޑާ ހަވާލުވީ ނިއުގެ ބޯޑް މެމްބަރު އައިޝަތު ނާޒިމާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.