ސޮނެވާފުށީ މުވައްޒަފުންގެ މެދުގައި އަނެއްކާވެސް ފުޓްސަލް މުބާރާތެއް ފަށައިފި

12790903_10153646574519830_4794110266501409730_n-700x467

ސޮނެވާފުށީގެ ހަތަރު ހައުސަކަށް ބަހާލެވިފައިވާ މުވައްޒަފުންގެ މެދުގައި އިންޓަ ހައުސް ފުޓްސަލް މުބާރާތެއް ފަށައިފި އެވެ.

ސޮނެވާފުށީގެ މުވައްޒަފުންގެ މެދުގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ ހަތަރު ހައުސްގެ ތެރެއިން ކޮންމެ ހައުސަކުންވެސް ދެ ޓީމެއް ނެރޭނެ އެވެ. އެއާއެކު، މި މުބާރާތުގައި ޖުމްލަ އަށް ޓީމަކުން ބައިވެރިވާއިރު މުބާރާތް ކުރިއަށް ގެންދާނީ ދެ ގްރޫޕަކަށް ބަހާލެވިގެން ކޮންމެ ގްރޫޕެއްގައިވެސް ހަތަރު ޓީމް ހިމެނޭ ގޮތަށެވެ.

މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާނީ ލީގު އުސޫލުން ކުރިއަށް ގެންދާ މުބާރާތުގެ ދެ ގްރޫޕުންވެސް އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެވެ.

12841403_1695378884066799_4339792388430918923_o

“ސޮނެވާފުށި ކަހަލަ ރިޒޯޓެއްގައި މިކަހަލަ ކުޅިވަރު ހަރަކާތެއް ރާވައި ހިންގެވުމަކީ މިކަހަލަ ވޯކިން އެންވަރާންމެންޓުގައި ވަރަށް ރަނގަޅު ކުރިއެރުންތަކެއް ލިބި ސްޓާފުން މޯޓިވޭޓްވެ އަހްލާގު ރަނގަޅުވެގެން ދާނެ ކަމެއް،” މި ހަރަކާތާ ގުޅޭގޮތުން ސޮނެވާފުށީގެ ފުޑް އެންޑް ބެވަރެޖުގައި މަސައްކަތްކުރާ އިބްރާހިމް ރަޝީދު ބުންޏެވެ.

މި މުބާރާތް ހުޅުވުމުގެ ގޮތުން މި މުބާރާތުގެ ހަތަރު ހައުސް ވަނީ ކުލަގަދަ ހަރަކާތަތްކެއް ބާއްވަފައިފަ އެވެ. މި ހަފްލާ ފެށުމުގެ ކުރިން މުވައްޒަފުންގެ ބައިވެރިވުމާއެކު ދުވުމެއްވެސް އޮތެވެ.

12801147_10153646572444830_4588176140672262798_n

ސޮނެވާފުށީ ރިސޯޓުގެ އެފް އެންޑް ބީ ގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައިވެސް ވަނީ މިދިޔަ މަހު ފޯރިގަދަ ފުޓްސަލް މުބާރާތެއް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.