ބ. އަތޮޅު ކައުންސިލުން މިދިޔަ އަހަރު ހިންގުނު ބޮޑެތި ހަރަކާތްތަކަށް އެހީތެރިވެދެއްވި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހާއްސަ ހަފްލާއެއް ބާއްވަން ކައުންސިލުން ނިންމައިފި އެވެ.
ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި އެ ހަފްލާ އޮންނާނީ މާދަމާ ރޭ އޭދަފުށީ ޔޫތު ސެންޓަރު ގޯތި ތެރޭގަ އެވެ.
އެ ހަފްލާގައި މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން މިދިޔަ އަހަރު ބޭއްވި ފުނަ ހަރަކާތާއި އަތޮޅު ބަށި މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީފިލާ ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ބ. އަތޮޅަށް އެކި ގޮތްގޮތުން ރީތި ނަން ހޯދި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން “އެވޯޑް ނައިޓް” އެއް ބޭއްވުމަށްވެސް އަތޮޅު ކައުންސިލުންދަނީ ތައްޔާރުވަމުންނެވެ.