ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕުގައި ވާދަކުރާ ފެނަކަ ފުޓްސަލް ޓީމު މި ހަފްތާ ބަންދުގައި އޭދަފުށްޓަށް އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފެނަކަ ޓީމުގެ އޮފިޝަލަކު ބުނީ ކްލަބް މޯލްޑިވްސް ކަމަށް ތައްޔާރުވަމުން އަންނަ އެ ކުންފުނީގެ ޓީމު އޭދަފުށްޓަށް ކުރާ މި ދަތުރުގައި ޕްރެކްޓިސް މެޗް ތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އީޓީ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ފެނަކަ ޓީމު އާއި ސޮނެވާފުށި ޓީމު މެޗެއް ކުޅޭގޮތަށް ހަމަޖެހިފައެވެ. އަދި ހުކުރު ދުވަހު އޭދަފުށީ ޓީމަކާ އެކުވެސް މެޗެއް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރު ނިންމާލުމަށް ފަހު ފެނަކަ ޓީމު އޭދަފުށިން ފުރާނީ ހޮނިހިރު ދުވަހު އެވެ.
ކްލަބް މޯލްޑިވްސް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 25 ގަ އެވެ.