ބ އަތޮޅުގެ 20 ފަޅުރަށެއް ވަރުވާއަށް ހުޅުވާލައިފި

ނެލިވަރު ފިނޮޅު، އަތޮޅު ކައުންސިލުން ސޮނެވާފުއްޓަށް ކުއްޔަށްދީފައި އޮންނަ މި ފިނޮޅުވެސް ވަނީ ވަރުވާ އަށް ހުޅުވާލާފައި
ނެލިވަރު ފިނޮޅު، އަތޮޅު ކައުންސިލުން ސޮނެވާފުއްޓަށް ކުއްޔަށްދީފައި އޮންނަ މި ފިނޮޅުވެސް ވަނީ ވަރުވާ އަށް ހުޅުވާލާފައި

ބ. އަތޮޅުގެ 20 ރަށެއް ބީލަމުގެ އުސޫލުން ވަރުވާއަށް ދޫކުރުމަށް ނިންމާ ބީލަން ހުށަހެޅުމަށް ފުރުސަތު ފިޝަރީޒު މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިޝަރީޒު މިނިސްޓްރީން ނެރުނު އިއުލާނުގައިވާ ގޮތުން ވަރުވާއަށް ދޫކުރުމަށް ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނެނީ ނެލިވަރުފިނޮޅު، ފިނޮޅުފަރު، ބަތަލާހުރާ، ދޮރުކަނޑު އުތުރުހުރާ، ބޯދާފުށީފިނޮޅު، ދޮރުކަނޑު ދެކުނުހުރާ، ކަށިދުއްފަރުފިނޮޅު، ގާވިލިގިލި، އަހިވައްފުށި، ގާގަނޑުފަރުހުރާ، އައިދޫ، ބޮއިފުށި، ވަންދުއްމާފަރުފިނޮޅު، މާއްޑޫހުޅުދޫ، ވިނަނެތްފަރުހުރާ، ދަންދޫ، މާފުށީފިނޮޅު، އުނޑޫދޫ، މެދުފިނޮޅުގާތުފިނޮޅު އަދި ވެޔޮފުށި އެވެ.

މީގެ ތެރެއިން ބ. އަތޮޅުގެ އިރުއުތުރު ފަރާތުގައި އޮންނަ ބަތަލާ ހުރާ އާއި ގާގަނޑުހުރަ އާއި ވިނަނެތް ފަރު ހުރާ އަކީ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން 2011 ވަނަ އަހަރު ސަރުކާރުން ހިމާޔަތްކޮށްފައިވާ ތަންތަނެވެ. އަދި ވަރުވާއަށް ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ނެލިވަރު ފިނޮޅަކީ ސޮނެވާފުށީ ރިސޯޓަށް އަތޮޅު ކައުންސިލުން ކުށްޔަށް ދީފައިވާ ފިނޮޅެކެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު އިއުލާނުގައިވާ ގޮތުން އެ ރަށްތަކަށް ކުރިމަތިލުމުގެ ބިޑް ފޯމް މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް އެ މިނިސްޓްރީގެ ކައުންޓަރުން ލިބޭނެ އެވެ. ފޯމެއްގެ އަގަކީ 20ރ އެވެ.

ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމާއި ފޯމު ހުށަހެޅުން އޮންނާނެ ތަނާއި ގަޑި ފަހުން އިއުލާން ކުރާނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.

ފަޅުރަށްތައް ވަރުވާއަށް ދޭ ގަވައިދުގައިވާ ގޮތުން އެންމެ ދިގު މުއްދަތަކަށް ވަރުވާއަށް ދެނީ ދިހަ އަހަރަށެވެ.
އެ ގަވައިދުވާ ގޮތުން ވަރުވާ އަށް ދޫކުރާ ރަށެއް ބައިކޮށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކަށް ވެސް ދެވިދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.