އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި މިއަހަރު ތައުލީމީ މަރުކަޒުގެ 3 ޓީމު

 އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން ވާދަކުރާ ދަރިވަރުން—ފޮޓޯ / ބއތމ

އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން ވާދަކުރާ ދަރިވަރުން—ފޮޓޯ / ބއތމ

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަހަރު ބާއްވާ 14 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 3 ޓީމެއް ވާދަކުރާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

ތައުލީމީ މަރުކަޒުން ބުނި ގޮތުގައި އެ ސްކޫލުން މި މުބާރާތުގައި 19 އަހަރުންދަށް އަދި 14 އަހަރުން ދަށުގެ ފިރިހެން ޓީމް އިވެންޓާއި އޯޕަން އިވެންޓްގައި ވާދަކުރާނެއެވެ. އަދި 16 އަހަރުންދަށުގެ އަންހެން ޓީމު އިވެންޓާއި އޯޕަން އިވެންޓްގައިވެސް ވާދަކުރާނެ އެވެ.

މާޗު މަހުގެ 18 އިން 25 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން 17 ސްކޫލެއް މި މުބާރާތުގައި ވާދަކުރާނެއެވެ.

މުބާރާތުގައި ވާދަކުރާ ބެޑްމިންޓަން ޓީމު މާލެ ފުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު އެވެ.

ބެޑްމިންޓަނަކީ އޭދަފުށިގައި މިހާރު ޒުވާނުން ފޯރިއާއެކު ކުޅޭ ކުޅިވަރެކެވެ. ފުޓްބޯޅައިގެ އިތުރުން ބެޑްމިންޓަނުންވެސް އޭދަފުށި އަންނަނީ ބޮޑެތި ކާމިޔާބީ ތަކެއް ހޯދަމުންނެވެ. އެގޮތުން އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ތަށި އޭދަފުށިން ވަނީ މިލްކުވެސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.