ސަލީމު ވިދާޅުވަނީ އަންހެނުންނަށް ހޯދައިދޭންޖެހޭ ހައްގެއް ނެތް ކަމަށް

އަހްމަދު ސަލީމް
އަހްމަދު ސަލީމް

އަންހެނުންނަށް ނުލިބިގެން އުޅެނީ ކޮން ހައްގެއްތޯ އާއި މި ގައުމުއި އަންހެނުންނަށް ހޯދައިދޭން ޖެހޭ ހައްގެއް ނެތް ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްގެ ވިދާޅުވެއްޖެ އެވެ.

އަންހެނުންގެ ހައްގުތައް ހޯދަން ވަކާލާތުކުރަނީ “ކަނޑުކޮހުން”ގެ ގޮތުގައި ސިފަކުރައްވައި، އަންހެނުންގެ ކޮމެޓީތައް ބާރުވެރިކުރުވަން ލާމަރުކަޒީ ގާނޫނަށް ހޯމަދުވަހު ހުށަހެޅި އިސްލާހާ މެދު މަޖިލީހުގައި ސަލީމު ވާހަކަދައްކާވަފައިވަނީ އަންހެނުން ލަދުގަންނަވާލުމުގެ ރާގުގަ އެވެ. އެ ޖަލްސާގައި އަހްމަދު ސަލީމްގެ ބަސް މަގު ވެސް ގެންގުޅުއްވީ ވަރަށް ހުތުރުކޮށް ކަން ގިނަބަޔަކު ފާހަގަކުރެއެވެ.

ސަލީމު ވިދާޅުވި ގޮތުގައި އިންތިހާބުތަކުގައި ވާދަކުރަން އަންހެނުންނަށް ފުރުސަތު އޮތް އިރު އަދި މަޖިލީހަށް އިސްލާހުތައް ހުށަހަޅައިގެން މަޖިލީހުގައި 40 މެމްބަރުންގެ ގޮނޑި އަންހެނުންނަށް ކަނޑަނޭޅޭނެ އެވެ. އަދި އެކަމުގެ ސަބަބުން އަންހެނުންގެ ހައްގާއި ފިރިހެނުންގެ ހައްގު ވެސް ގެއްލޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޖަލްސާގައި ބިލަށް ވާހަކަ ދައްކަވަމުން، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިސްނުން ގެންގުޅުއްވި ގޮތުގައި، އަންހެނުންނަކީ ވަރަށް ދަށު ދަރަޖައިގެ ބައެކެވެ. ރާއްޖޭގެ އަންހެނުންނަކީ ވެސް އަނިޔާވެރި ބައެއް ކަމަށް ވިދާޅުވެ، އެހެން ބައެއް މެމްބަރުން ވެސް ފާޅުކުރެއްވީ ނުރުހުމުގެ ޝުއޫރުތަކެވެ.

ރިޔާޒުގެ ވާހަކަފުޅަށް ތައުރީފްކުރައްވާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ “އަންހެނުން ގޯސް މަގަކުން ހިނގައިދާނެތީ” ތަނަވަސްކަން ހުރި އެންމެން ހަތަރު އަނބިން ގެންގުޅުމަކީ ވާޖިބު ކަމެއް ކަމަށެވެ. އެހެންވެ ތިން އަނބިން ގެންގުޅުއްވާ ރިޔާޒް ރަޝީދުގެ ވަރުގެ ބޭފުޅަކު ނެތް ކަމަށާއި އޭނާ އަށް ސާބަސް ދޭން ޖެހޭ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

“ނަފްސާނީ ބަލީގައި 90 ޕަސެންޓަކީ ފިރިހެނުން. ނަފްސާނީ ބަލި މިޖެހެނީ ކިހިނެއްތޯ؟ އިއްޒަތްތެރި ރައީސް. ގެއަށް ދާއިރުގައި އަނބިމީހާ އެހެން ފިރިހެނަކު ގޮވައިގެން. އެ ހިސާބުން ފިރިހެން މީހާ މިދިޔައީ. ބޯގޮވީ. އެ ހިސާބުން ބޯގޮވައިގެން މަގުމަތީގައި އުޅެނީ ކިތައް މީހުންތޯ؟ ގުރައިދުއަށް ބަލާބަލަ. މާފުއްޓަށް ބަލާބަލަ. ގިނައީ ކޮން ބައެއްތޯ؟” ރިޔާޒުގެ ވިސްނުމަށް ތާއީދުކުރައްވައި ސަލީމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. އިމްޔާނު

    ސަލީމް ބުންޏަސް މީ ވަރަށް ބޮޑު ތެދެއް.! ނުދެވި އޮތް ހަމައެކަނި ހައްޤަކީ އެއްޖިންސުން ކައިވެނި ކުރުން. މިސަރުކާރަކުން އެކަމެއް ނުކުރާނެ. އެކަން ކުރަން ބޭނުންނަނަ، އެމް.ޑީ.ޕީ އާއި އަދާލަތު ކޯލިސަނުން އެކަން ކޮށްދީފާނެ. އެހެންވީމާ އެދުވަސް އަންނަންދެން މަޑޫކޮށްލާ

    ރައްދު
  2. Salaam

    Saleem vidhaalhuvihen anhenunge kon h’aqqeh mi gaumugai nulibenee? Kaafarun dheyhen Islaam dheenugai anhenunnah nudheveyne h’aqq thakeh mi gaumaku nudheveyne. Efadha h’aqq thah hoadhan ulhey meehun vaanee “kan’dukohun” nah

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.