މިދިޔަ އަހަރުގެ ހަރަކާތްތަކުގައި އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކޮށްފި

ބ. އަތޮޅު ކައުންސިލަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ، އަބްދުލް ބާގިރު އަހްމަދަށް ރޭ ހަނދާނީ ފިލާ ހަވާލުކޮށްދެއްވަނީ.
ބ. އަތޮޅު ކައުންސިލަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ، އަބްދުލް ބާގިރު އަހްމަދަށް ރޭ ހަނދާނީ ފިލާ ހަވާލުކޮށްދެއްވަނީ.

ބ. އަތޮޅު ކައުންސިލުން މިދިޔަ އަހަރު ބޭއްވި ހަރަކާތްތައް އިންތިޒާމު ކޮށް ކުރިއަށް ގެންދިއުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ފަރާތްތަކާއި އެކި ގޮތްގޮތުން ކައުންސިލަށް އެހީތެރިވެދެއްވި ފަރާތްތަކުގެ އަގު އަތޮޅު ކައުންސިލުން ވަޒަންކޮށްފި އެވެ.

އޭދަފުށީ ޔޫތު ސެންޓަރު ގޯތި ތެރޭގަިއ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފަރާތްތަކަށް ސެޓްފިކެޓާއި ހަނދާނީ ފިލާ ދެއްވީ ބ. އަތޮޅު ކައުންސިލު މެންބަރުންނާއި އެ އިދާރާގެ އިސްވެރިންނެވެ.

ސެޓްފިކެޓް ދެއްވީ މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން މިދިޔަ އަހަރު ބޭއްވި ފުނަ ހަރަކާތަށް އެހީތެރވެދެއްވި އޮފީސް/ކުންފުނި އަދި ކްލަބް ޖަމިއްޔާ ތަކުގެ އިތުރުން އަތޮޅު ކައުންސިލު އިދާރާގެ މުވައްޒަފުންނަށެވެ.

މީގެ އިތުރުން ބ. އަތޮޅުގައި ބޭއްވި ފުނަ ހަރަކާތުގެ ތީމު ލަވަ ތައްޔާރުކޮށްދެއްވައި އެ ހަރަކާތް ކުރިއަށް ގެންދިއުމުގައި ފަންނީ ލަފަޔާ އިރުޝާދު ދެއްވާފައިވާތީ ކޮޕީ މުހައްމަދު ރަޝީދަށް ރޭ ވަނީ ހާއްސަ ހަނދާނީފިލައެއް ދެއްވާފަ އެވެ.

މިދިޔަ އަހަރުގެ ހަރަކާތްތަކުގައި އެހީތެރިވެދިން ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ
މިދިޔަ އަހަރުގެ ހަރަކާތްތަކުގައި އެހީތެރިވެދިން ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ

އަދި ބ. އަތޮޅު އޮފީހާއި އަތޮޅު ކައުންސިލުގެ އިތުރުން ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވާ 38 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފާއިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން އަބްދުލްބާޤިރު އަހުމަދަށްވެސް ހަނދާނީފިލައެއް ވަނީ އަރުވާފައެވެ. އަބްދުލްބާގިރު ވަނީ މިދިޔަ އަހަރު ފަހުކޮޅު އަމިއްލައަށް ރިޓަރާ ކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލު ވިދާޅުވީ މިދިޔަ އަހަރު އަތޮޅު ކައުންސިލުން ހިންގި މުހިއްމު ހަރަކާތްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާ އެހީތެރިކަމާއެކު ކަމަށެވެ. އަދި މިއަހަރުގެ ހަރަކާތްތައްވެސް ކުރިއަށް ގެނދިއުމުގެ ހުރިހާ ފަރާތަތަކެއް އެހީތެރިކަމާ އެއްބާރުލުން ބޭނުންވާނެ ކަމަށް އާދިލު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.