ހިމާޔަތްކޮށްފައިވާ ބައެއް ސަރަހައްދުތައް ކުއްޔަށްދޭތީ ކަންބޮޑުވުން ފާޅުކުރަނީ

maldives-islands-aerial-photo-baa-atoll
maldives-islands-aerial-photo-baa-atoll

ބީލަމުގެ އުސޫލުން ބ. އަތޮޅުން ވަރުވާއަށް ދޫކުރުމަށް ނިންމި 20 ރަށުގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ބައެއް ސަރަހައްދުތައް ހިމެނޭތީ އާއްމުން އެކަމާ ސޯސަލް މީޑީއާގައި ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ދަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް މިކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

މިކަމާ ގުޅިގެން ބ. ކަމަދޫ ކައުންސިލުގެ ރައީސް އަލީ އިސްމާއިލް ކޮށްފައިވާ ޕޯސްޓެގައިވަނީ ބ. އަތޮޅުގެ 20 ރަށް ވަރުވާއަށް ދޫކުރަން ނިންމިއިރު އަތޮޅުގެ ރައްޔިތުން އިންތިހާބުކޮށްފައިތިބި ކައުންސިލުތަކުގެ ލަފައެއް ނުހޯދުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ބ. އަތޮޅު ރައްޔިތުންނަށް ލިބިފައިވާ ގުދުރަތީ ރީތި ވަސީލަތްތައް ވިޔަފާރު އުސޫލުން ވިއްކުން ހުއްޓާލުމަށްވެސް އޭނާވަނީ ގޮވާލައިފަ އއެވެ

ފިޝަރީޒު މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު އިއުލާނުގައިވާ ގޮތުން ބ. އަތޮޅުން ވަރުވާއަށް ދޫކުރުމަށް ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނެނީ ނެލިވަރުފިނޮޅު، ފިނޮޅުފަރު، ބަތަލާހުރާ، ދޮރުކަނޑު އުތުރުހުރާ، ބޯދާފުށީފިނޮޅު، ދޮރުކަނޑު ދެކުނުހުރާ، ކަށިދުއްފަރުފިނޮޅު، ގާވިލިގިލި، އަހިވައްފުށި، ގާގަނޑުފަރުހުރާ، އައިދޫ، ބޮއިފުށި، ވަންދުއްމާފަރުފިނޮޅު، މާއްޑޫހުޅުދޫ، ވިނަނެތްފަރުހުރާ، ދަންދޫ، މާފުށީފިނޮޅު، އުނޑޫދޫ، މެދުފިނޮޅުގާތުފިނޮޅު އަދި ވެޔޮފުށި އެވެ.

މީގެ ތެރެއިން ބ. އަތޮޅުގެ އިރުއުތުރު ފަރާތުގައި އޮންނަ ބަތަލާ ހުރާ އާއި ގާގަނޑުހުރަ އާއި ވިނަނެތް ފަރު ހުރާ އަކީ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން 2011 ވަނަ އަހަރު ސަރުކާރުން ހިމާޔަތްކޮށްފައިވާ ތަންތަނެވެ.

ބ. ބަތަލާހުރާ ސަރަހައްދަކީ، ދިރޭތަކީތެ މުއްސަނދިކަން ވަރަށް ބޮޑަށް ލިބިފައިވާ، ވެލާ ކަހަނބު ގިނަ އަދަދަކަށް ބިސްއަޅާ، ފާނަ އާލާވާ ސަރަހައްދެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މުހިންމު ސަރަހައްދެކެވެ.

ގާގަނޑުފަރު ހުރަހައަކީ ކުރަނގި، މާރަނގަ ގިނަ އަދަދަކަށް އައިސް އުޅޭ ރަށެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ރަށެކެވެ.
މިރަށްތައް ބިޑްގެ އުސޫލުން ވަރުވާއަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ރަސްމީ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ބަޔޮސްފިޔަރ ރިޒާވްގައި ހިމެނޭ “ކޯ އޭރިއާ” އެއްގައި ހުއްދަ ކުރެވޭ ހަމައެކަނި ކަމަކީ، ފީނުމާއި، ރަށުތެރެ ބަލާލަން ޒިޔާރަތް ކުރުންފަދަ ކަންކަމެވެ. އެއިން ސަރަހައްދެއްގެ ފަރަށް ނުވަތަ ފަޅުތެރެއަށް ނަގިލިލުން ފަދަ ކަމެއް ކުރުމަކީވެސް ހުއްދަ ކުރެވޭ ކަމެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

    1. Aaamun

      jazlaan Varah Ragalhu vaahaka ye saafi Saanu Kaley men moyadho kuhya dheyn ninmeema again ves nubuneve hmm eymeehun ehdhemeema masalayake . Adhi kiriyaa bayaka hanifaru fenigen ulhenee. Aharun kudairu. Fehuri thakaa ehkoh majaakoh masbaamathan eyei vaki ehchis annaleh madhe nuve vanee gina moyagen tiulnnee

      ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.