ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް އޭދަފުށީގައި ގާއިމު ކުރަނީ

ބ. އޭދަފުށީގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ—ފޮޓޯ / ވަގުތު
ބ. އޭދަފުށީގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ—ފޮޓޯ / ވަގުތު

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް، ބ. އޭދަފުށިގައި ގާއިމު ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ގުރުއާނާ ބެހޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ އެވެ. އޭދަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ފަރާތުން ފޮނުއްވި ހާއްސަ މަންދޫބު އަބްދުލް މަޖީދު މުހައްމަދު އެވެ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުލް މަޖީދު މުހައްމަދު ވިދާޅުވީ، މިއީ މުޅި ބ އަތޮޅަށްވެސް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށާއި މި މަރުކަޒުގެ ސަބަބުން ބ. އަތޮޅުގެ ފަރާތްތަކަށް ތަޖުވީދުމަކަށް ޤުރުއާން ކިޔެވުމާއި އަދި ގުރުއާން ހިތުދަސް ކުރުމަށް އެހީއަކަށް ވެގެން ދާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރާއި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހްމަދު ސަލީމު ވެސް ބައިވެރިވެ ވަޑައިގެން މި ރަސްމިއްޔާތުގައި ގުރުއާނާ ބެހޭ މަރުކަޒުން ބުނީ ގުރުއާނާއި ދީނީ އިލްމާ ގުޅުން ހުރި ކޯސްތައް އެތަނުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އޭގެ އިތުރުން ކަށުކަމާކެމީގެ ކަންތައްތައް ދަސްކޮށްދިނުމާއި ޖަމާއަތްތެރިން ތަމްރީނު ކުރުމުގެ ކޯސްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ގުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.