ފެހެންދޫގައި ފާލަމެއް އެޅުމުގެ މަސައްކަތް ފަށައިފި

ބ. ފެހެންދޫ އުތުރު ފަރާތުގައި ފާލަން އެޅުމުގެ މަސައްކަތް އެރަށު ރައްޔިތުން ކުރަނީ ފޮޓޯ- ޒުހުދާ
ބ. ފެހެންދޫ އުތުރު ފަރާތުގައި ފާލަން އެޅުމުގެ މަސައްކަތް އެރަށު ރައްޔިތުން ކުރަނީ ފޮޓޯ- ޒުހުދާ

ބ. ފެހެންދޫ އުތުރު ފަރާތުގައި ފާލަމެއް އެޅުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

 

ފެހެންދޫ ކައުންސިލުގެ ރައީސް މޫސާ ނަސީމު ވިދާޅުވި ގޮތުގައި ފާލަން އެޅުމުގެ މަސައްކަތް ކުރަނީ ކައުންސިލުން ޚަރަދުކޮށްގެން ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު އެވެ.

 

“އަޅުގަނޑުމެން މިއަދު މިސައްކަތް ފަށާފައި މިވަނީވެސް ސްކޫލް ބަންދާ ދިމާކޮށް ރަށުގައި ގިނަ ބަޔަކު އުޅޭނެތީ. ވަރަށް ގިނަ ދުވަސް ވެއްޖެ މިހާރު މިއޮތް ފާލަންވެސް ވަރަށް ބޮޑަށް ހަލާކުވެފަ އޮންނަތާ. އުއްމީދުކުރަނީ ވީ އެއްމެ އަވަހަކަށް މަސައްކަތް ނިމި ރަށުގެ ރައްޔިތުންނަށް މި ކަމުގެ ލުއި ފަސޭހަކަން ލިބިގެން ދާނެކަމަށް،” ރަށުގެ އާބާދީގައި 290 އެއްހާ މީހުން ދިރިއުޅެމުންދާ އެރަށޫ ކައުންސިލުގެ ރައީސް މޫސާ ނަސީމް ވިދާޅުވި އެވެ.

 

 

ފެހެންދޫ ކައުންސިލުން ބުނިގޮތުގައި މި މަސައްކަތަށް ގާތްގަނޑަކަށް ދެ ލައްކައެއްހާ ރުފިޔާ ޚަރަދުވާނެ އެވެ.

 

“އަޅުގަނޑުމެން ކައުންސިލުން ނިންމީ ކައުންސިލުން ފާލަން އެޅުމަށް ކަނޑައަޅާފައިވާ ބަޖެޓުން ފާލަން އެޅުމަށް ބޭނުންވާ ތަކެތި ގަތުމަށް ޚަރަދު ކުރުމަށް. އަދި ރައްޔިތުންގެ އެހީތެރިކަމާއެކު މަސައްކަތް ކުރުމަށް. މިފަދަ ކޮންމެ މަސައްކަތެއްގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރުދަންނަވަން،”  މޫސަ ވިދާޅުވިއެވެ .

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.