އަހްމަދިއްޔާ ބަލިކޮށް ބ. އަތޮޅު ތައުލީމީ މަރުކަޒު ފައިނަލަށް   

•ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅެނީ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުތައްވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައި / ހަރުޝާ
•  ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 14 އަހަރުން ދަށުގެ ޓީމު ވަނީ ފައިނަލަށް ދަތުރުކޮށްފައި — ފޮޓޯ / ހަރުޝާ

14 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ 14 އަހަރުން ދަށުގެ ޓީމު އިވެންޓްގެ ފައިނަލަށް ބ. އަތޮޅު ތައުލީމީ މަރުކަޒު ދަތުރު ކޮށްފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 14އަހަރުން ދަށުގެ ފިރިހެން ޓީމު ފައިނަލުގެ ޖާގަ ހޯދީ ހަވީރު ކުޅުނު ސެމީ ފައިނަލުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު ބަލިކުރުމަށްފަހު އެވެ. އަހްމަދިއްޔާ ސްކޫލު ޓީމުގެ މައްޗަށް ތައުލީމީ މަރުކަޒުން ކުރި ހޯދީ 3-0 އިންނެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 16 އަހަރުން ދަށުގެ އުމުރުފުރާގެ (އަންހެން) ޓީމު ސެމީ ފައިނަލުގައި ވ. ކެޔޮދޫ ސްކޫލާ ދެކޮޅަށް މިރޭ ކުޅޭ އިރު، 19 އަހަރުން ދަށުގެ ފިރިހެން ޓީމު ސެމީ ފައިނަލުގައި މިރޭ ކުޅޭނީ މުލަކު ޓީމާ ދެކޮޅަށެވެ. މި ދެ މެޗުގެ ކުޅުންވެސް ފަށާނީ މިރޭ 8:00 ގަ އެވެ.

މާލޭގައި ދިރުއުޅޭ ބ. އަތޮޅުގެ ވީހާވެސް ގިނަ ބަޔަކު އަދި އެ މަރުކަޒުގެ މުސްކުޅި ދަރިވަރުން ޓީމަށް ސަޕޯޓްކޮށްދެއްވުމަށް ކުޅިވަރު އެކުވެންޏަށް ދިއުމަށް ތައުލީމީ މަރުކަޒުގެ ޓީމުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.