ވިލާ ކޮލެޖުން އޭދަފުށީ ކެމްޕަހުގައި މޭ މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ވިލާ ކޮލެޖު އޭދަފުށީ ކެމްޕަސް. އެ ކެމްޕަސް މިހާރު ހިންގަމުން އަންނަނީ އެސްޓީއޯ ކޮމްޕްލެކްސްގައި
ވިލާ ކޮލެޖު އޭދަފުށީ ކެމްޕަސް. އެ ކެމްޕަސް މިހާރު ހިންގަމުން އަންނަނީ އެސްޓީއޯ ކޮމްޕްލެކްސްގައި

ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުގައި އަންނަ މޭ މަހު ފަށަން ނިންމާފައިވާ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވިލާ ކޮލެޖުން ވަނީ ހުޅުވާލައިފަ އެވެ.

ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުގައި ފަށާ ސެޓްފިކެޓް ލެވެލްގެ ކޯސްތައް؛

    ބިޒިނަސް ސްޓަޑީޒް
    އިންފޮމޭޝަން ޓެކްނޮލޮޖީ
    ހިއުމަން ރިސޯސް މެނޭޖްމަންޓް
    އެކައުންސޓިން

ޑިޕްލޮމާ ކޯސްތައް:

    ޝަރީއާ އެންޑް ލޯ
    ޕްރައިމަރީ ޓީޗިން
    އާރލީ ޗިއިލްޑްހުޑް އެޑިޔުކޭޝަން

މީގެ އިތުތުރުން ފައުންޑޭޝަން ޓީޗިން އަދި ލޯ ކޯހެއް ފެށުމަށްވެސް ވަނީ އިއުލާން ކޮށްފަ އެވެ. އަދި ބެޗެލާ އޮފަ ޕްރިމަރީ ޓީޗިން ކޯހެއްވެސް އަންނަ ސެމެސްޓާގައި ފަށަން ވަނީ އިއުލާން ކޮށްފައެވެ.

2013ވަނަ އަހަރު އޭދަފުށީގައި ވިލާ ކޮލެޖުގެ ކެމްޕަހެއް ހުޅުވުން ވެގެން ދިޔައީ މިރަށުގައި މަތީ ތައުލީމު ހާސިލުކުރަން ބޭނުންވެފައިވާ ދަރިވަރުންނަށާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރަށުގައިތިބެ، ތައުލީމު ހާސިލުކުރުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތަކަށެވެ.

އެ ކެމްޕަހުގައި އަންނަނީ ސެޓްފިކެޓް ލެވެލް، ޑިޕްލޮމާ އާއި ޑިގްރީ އަދި މާސްޓާޒް ލެވެލްގެ ކޯސްތައް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.