އޭދަފުށީގައި ބާއްވާ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ދިރާގު

މިދިޔަ އަހަރުގެ ފުޓްސަލް މުބާރާތުގައި ކުޅެނީ: މި އަހަރުގެ މުބާރާތް ފަށާނީ އަންނަ މަހު 7 ގައި
މިދިޔަ އަހަރުގެ ފުޓްސަލް މުބާރާތުގައި ކުޅެނީ: މި އަހަރުގެ މުބާރާތް ފަށާނީ އަންނަ މަހު 7 ގައި

ބ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ “ލޭޓް އަހްމަދު ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖު” ގެ މެއިން ސްޕޮންސަރަކަށް ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގު ހަމަޖައްސައިފި އެވެ.

ބ. އަތޮޅުގެ ރިސޯޓްތަކަށައި އޭދަފުށީގެ ޓީމުތަކަށް ދައުވަތުދީގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ އޭޕްރިލް 7 އިން އޭޕްރިލް 17 އަށެވެ.

ކްލަބު ދަ ބިގިނާސް އިން ބުނީ މުބާރާތުގެ އިތުރު ސްޕޮންސާތައް ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ ފޯސީޒަންސް އެޓް ލަނޑާގިރާވަރު ރިސޯޓާއި އަމިއްލަފުށީ ރިސޯޓާއި ސޮނެވާފުށީ ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓާއި ކިހާދުއްފަރު ރިސޯޓާއި އަނަންތަރާ ކިހަވައް ވިލާސް އާއި ވެލިގަނޑު ރިސޯޓެވެ. މީގެ އިތުރުން އޭދަފުށިން މުބާރާތުގައި ބައިވެރިވީ ޔުނައިޓެޑް ވީ އާއި އިރުމަތީ ލަވާސް އަދި އޭދަފުށީ ޕޮލިސް އާއި ފެއިމްސް ޔުނައިޓެޑް އަދި ޑީކޭ ޔުނައިޓެޑް އެވެ.

މި މުބާރާތަކީ އަލްމަރުޙޫމް އަޙުމަދު ޝާހީންގެ ހަނދާން އާކޮށް، ބ. އަތޮޅުގެ ރިސޯޓްތަކާއި، އޭދަފުށީ ފުޓްސަލް ޓީމުތަކާއި ދައުވަތު ދެވޭ ހާއްސަ ފަރާތްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖުތިމާއީ ރޫޙާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. އަދި އެކުވެރިކަމާއި އެކު މަސައްކަތް ކުރުމުގެ ރޫޙް އާލާ ކުރުމާއި ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައި ދިނުންވެސް މި މުބާރާތް ބާއްވާ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ބ. އޭދަފުށީ ހަލީމާމަންޒިލް، މަރުހޫމް އަހްމަދު ޝާހީން (ޖޯއީ)، 31، ނިޔާވީ 23 އޮކްޓޯބަރ 2012 ވަނަ ދުވަހު އަޟްހާ އީދުގައި އޭދަފުށީގައި އޮންނަ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެ ދުވަހު ހަވީރު ޕްރެކްޓިސް ކުރަމުން ދަނިކޮށް 6:15 ހާއިރު ދަނޑު މަތީގައި މަޑުކޮށްގެން ހުއްޓަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ ނިޔާވެފައި ކަމަށާއި ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންކަމަށް ޑޮކްޓަރުން ބުންޏެވެ.
މަރުހޫމް އަހްމަދު ޝާހީން (ޖޯއީ)، އަކީ ކުރިން ކްލަބް އީގަލްސް އަށާއި، އޭނާގެ އަންހެނުން ރަށް ކ. ހުރާގެ ހުއްރިޔާ ސްޕޯޓްސް ކްލަބަށްވެސް މޮޅު ކުޅުމެއް ދައްކާދީފައިވާ ކުޅުންތެރި އެކެވެ. އޭނާ އަކީ ފޯ ސީޒަންސް ކުޑަ ހުރާ ރިސޯޓްގައި ހައުސްކީޕިން ސުޕަވައިޒަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ހީވާގި މުވައްޒިފެކެވެ. އަދި އޭގެ ކުރިން ޝާހީން ވަނީ ވެލިގަނޑު އައިލެންޑް ރިސޯޓްގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފަ އެވެ.

މި މުބާރާތުގެ އޮންލައިން މީޑީއާ ޕާޓްނަރަކީީ މި ފަހަރުވެސް އީޓީއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އިމްޔާނު

    މިފަދަ ޖަމިއްޔާތަކުން ކޮންމެވެސް ނަމެއްކިޔާފަ މުބާރާތް ބޭއްވުމުގެ މައިގަޑު ބޭނުމަކީ ފައިސާހޯދައިގެން ނާޖާއިޒް ފައިދާ ނެގުން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.