މަރްޙޫމް ޝާހީން ފުޓްސަލް ޗެލެންޖްގެ ގުރުނެގުމުގެ ރަސްމީޔާތު މާދަމާރޭ ސޮނެވާފުށީގައި

11116505_578846678884809_1324797438064380178_o
އަލް މަރްހޫމް އަހްމަދު ޝާހީންގެ ހަނދާނުގައި ބާއްވާ ތިންވަނަ ފުޓްސަލް މުބާރާތުގެ ގުރުނެގުމުގެ ރަސްމީޔާތު މަދަމާރޭ ސޮނެވާފުށީ ރިސޯޓްގައި އޮންނާނެކަމަށް މުބާރާތް އިންތިޒާމު ކުރާ ކްލަބް ދަ ބިގިނާރސް އިން ބުނެފި އެވެ.

ކްލަބް ދަ ބިގިނާރސް އިން ބުނީ މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމް ތަކަށްވެސް ގުރުނެގުމުގެ ރަސްމީޔާތަށް ދަޢުވަތު ދީފައިވާކަމަށެވެ. ރަސްމީޔާތު އޮންނާނީ މާދަމާރޭ 8:00 ޖަހާއިރު ސޮނެވާފުށީގައެވެ.

މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ ފޯސީޒަންސް އެޓް ލަނޑާގިރާވަރު ރިސޯޓާއި އަމިއްލަފުށީ ރިސޯޓާއި ސޮނެވާފުށީ ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓާއި ކިހާދުއްފަރު ރިސޯޓާއި އަނަންތަރާ ކިހަވައް ވިލާސް އާއި ވެލިގަނޑު ރިސޯޓެވެ. މީގެ އިތުރުން އޭދަފުށިން މުބާރާތުގައި ބައިވެރިވީ ޔުނައިޓެޑް ވީ އާއި އިރުމަތީ ލަވާސް އަދި އޭދަފުށީ ޕޮލިސް އާއި ފެއިމްސް ޔުނައިޓެޑް އަދި ޑީކޭ ޔުނައިޓެޑް އެވެ.

ބ. އަތޮޅުގެ ރިސޯޓްތަކަށައި އޭދަފުށީގެ ޓީމުތަކަށް ދައުވަތުދީގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ އޭޕްރިލް 7 އިން އޭޕްރިލް 18 އަށެވެ.

މި މުބާރާތަކީ އަލްމަރުޙޫމް އަޙުމަދު ޝާހީންގެ ހަނދާން އާކޮށް، ބ. އަތޮޅުގެ ރިސޯޓްތަކާއި، އޭދަފުށީ ފުޓްސަލް ޓީމުތަކާއި ދައުވަތު ދެވޭ ހާއްސަ ފަރާތްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖުތިމާއީ ރޫޙާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. އަދި އެކުވެރިކަމާއި އެކު މަސައްކަތް ކުރުމުގެ ރޫޙް އާލާ ކުރުމާއި ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައި ދިނުންވެސް މި މުބާރާޓް ބާއްވާ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ބ. އޭދަފުށީ ހަލީމާމަންޒިލް، މަރުހޫމް އަހްމަދު ޝާހީން (ޖޯއީ)، 31، ނިޔާވީ 23 އޮކްޓޯބަރ 2012 ވަނަ ދުވަހު އަޟްހާ އީދުގައި އޭދަފުށީގައި އޮންނަ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެ ދުވަހު ހަވީރު ޕްރެކްޓިސް ކުރަމުން ދަނިކޮށް 6:15 ހާއިރު ދަނޑު މަތީގައި މަޑުކޮށްގެން ހުއްޓަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ ނިޔާވެފައި ކަމަށާއި ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންކަމަށް ޑޮކްޓަރުން ބުންޏެވެ.

މަރުހޫމް އަހްމަދު ޝާހީން (ޖޯއީ)، އަކީ ކުރިން ކްލަބް އީގަލްސް އަށާއި، އޭނާގެ އަންހެނުން ރަށް ކ. ހުރާގެ ހުއްރިޔާ ސްޕޯޓްސް ކްލަބަށްވެސް މޮޅު ކުޅުމެއް ދައްކާދީފައިވާ ކުޅުންތެރި އެކެވެ. އޭނާ އަކީ ފޯ ސީޒަންސް ކުޑަ ހުރާ ރިސޯޓްގައި ހައުސްކީޕިން ސުޕަވައިޒަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ހީވާގި މުވައްޒިފެކެވެ. އަދި އޭގެ ކުރިން ޝާހީން ވަނީ ވެލިގަނޑު އައިލެންޑް ރިސޯޓްގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.