މަރްޙޫމް ޝާހީން ފުޓްސަލް ޗެލެންޖް ހުޅުވާނީ ސޮނެވާ އާއި އޭދަފުށި ޕޮލިސް

މިރޭ ބޭއްވި ގުރުނެގުމުގެ ރަސްމީޔާތުގެ ތެރެއިން
މިރޭ ބޭއްވި ގުރުނެގުމުގެ ރަސްމީޔާތުގެ ތެރެއިން

ކްލަބް ދަ ބިގިނާރސް އިން އިންތިޒާމް ކޮށްގެން ބާއްވާ މަރްޙޫމް ޝާހީން ފުޓްސަލް ޗެލެންޖްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ސޮނެވާފުށި އަދި އޭދަފުށި ޕޮލިސް ވާދަކުރަން ޖެހިއްޖެ އެވެ.

މި ގޮތަށް ހަމަޖެހުނީ މިރޭ ސޮނެވާފުށި ރިސޯޓްގައި ބޭއްވި ގުރުނެގުމުގަ ރަސްމީޔާތުގައެވެ.

މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނުނީ އެންމެ ފަހުގެ ޗެންޕިއަން ސޮނެވާފުށި، އޭދަފުށި ޕޮލިސް އަދި ފެއިސް ޔުނައިޓެޑްއެވެ. ގްރޫޕް ބީގައި އިރުމަތީ ލަވާރސް، ރޯޔަލް އަދި އަނަންތަރާާ ރިސޯޓްް ހިމެނުން އިރު ގްރޫޕް ސީ އަށް ދިޔައީ އަމިއްލަ ފުއްޓާއި، ޔުނައިޓެޑް ވީ އަދި ވެލިގަޑު ރިސޯޓްއެވެ. ގްރޫޕް ޑީގައި ހިމެނުނީ މި މުބާރާތުގައި އަލަށް ބައިވެރިވާ ޑީކޭ ޔުނައިޓެޑް، ކިހާދު މޯލްޑިވްސް އާއި ފޯ ސީޒަން ރިސޯޓްއެވެ.

ބ. އަތޮޅުގެ ރިސޯޓްތަކަށައި އޭދަފުށީގެ ޓީމުތަކަށް ދައުވަތުދީގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ އޭޕްރިލް 7 އިން އޭޕްރިލް 18 އަށެވެ.

މި މުބާރާތަކީ އަލްމަރުޙޫމް އަޙުމަދު ޝާހީންގެ ހަނދާން އާކޮށް، ބ. އަތޮޅުގެ ރިސޯޓްތަކާއި، އޭދަފުށީ ފުޓްސަލް ޓީމުތަކާއި ދައުވަތު ދެވޭ ހާއްސަ ފަރާތްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖުތިމާއީ ރޫޙާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. އަދި އެކުވެރިކަމާއި އެކު މަސައްކަތް ކުރުމުގެ ރޫޙް އާލާ ކުރުމާއި ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައި ދިނުންވެސް މި މުބާރާޓް ބާއްވާ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މިއީ ކްލަބް ދަ ބިގިނާރސް އިން މި މުބާރާތް ބާއްވާ 3 ވަނަ އަހަރެވެ. ފުރަތަމަ މުބާރާތް ބޭއްވީ 2014 ވަނަ އަހަރު އެވެ.

މުބާރާރުގެ ޝެޑިޔުލް
މުބާރާރުގެ ޝެޑިޔުލް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.