ދާރުލްފުރުޤާން ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އޭދަފުށީގަިއ ބޭއްވި ގުރުއާން މުބާރާތެއްގައި ދަރިވަރަކު ކިޔަވަނީ-- ފައިލް ފޮޓޯ
އޭދަފުށީގަިއ ބޭއްވި ގުރުއާން މުބާރާތެއްގައި ދަރިވަރަކު ކިޔަވަނީ– ފައިލް ފޮޓޯ

ބ. އޭދަފުށީ ދާރުލްފުރުޤާން ޤުރްއާން ކުލާހުން މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދާރުލްފުރުޤާން ގުރުއާން ކުލާހުން ބުނިގޮތުގައި މި މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މޭމަހުގެ ތެރޭގަ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 30 ގެ ނިޔަލަށެވެ.

މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް އަދި މުބާރާތުގެ ގަވައިދު ދާރުލްފުރްޤާން ގުރުއާން ކުލާހުން ލިބެން ހުންނާނެ އެވެ.

މި މުބާރާތަކީ ދަރިވަރުންނާއި އާއްމުންގެ ހިތްތަކުގައި ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމާއި ކީރިތި ޤުރުއާން ތަޖުވީދުމަގުން ކިޔަވަން ދަންނަ ދަރިވަރުންތަކެއް އުފައްދައި ގުރުއާން ކިޔެވުމުގެ ފަންނު މުޖުތަމައުގެ ތެރޭގައި ތަރައްޤީކޮށް ކުރިއެރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. އެގޮތުން މިއީ އެ ކުލާހުން މި މުބާރާތް ބާއްވާ 4 ވަނަ އަހަރެވެ.

ދާރުލްފުރްޤާން ގުރުއާން މުބާރާތުގެ ގަވައިދު ޑައުންލޯޑް ކުރައްވާ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.