ވެލާ ކަހަނބު ދާއިމީކޮށް ހިމާޔަތްކޮށްފި

media-bmzVnbXPRUcXLZL_lg

 

ތިމާވެށީގެ ގާނޫނުގެ ދަށުން ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ވެލާ ކަހަނބުގެ ހުރިހާ ބާވަތެއް ދާއިމީ ގޮތެއްގައި އިއްޔެއިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަމަށް ތިމާވެއްޓާބެހޭ މިނިސްޓްރީން ބުނެފި އެވެ. މީގެ ކުރިން ވެލާ ކަހަނބު ހިމާޔަތްކުރީ 2005 ވަނަ އަހަރު އެވެ. އެކަމަކު އެއީ 10 އަހަރުގެ މުއްދަތަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އާންމުކުރި އިއުލާނެއްގައި ބުނީ، ވެލައާއި ކަހަބުގެ ހުރިހާ ބާވަތެއް އިއްޔެއިން ފެށިގެން ދާއިމަށް ހިމާޔތްކޮށްފައިވާ ކަމަށެވެ.

ވެލާ ކަހަނބު ހިމާޔަތްކުރުމާ ގުޅިގެން ކުރުން މަނާ ކަންތައްތައް:

    ވެލާ ކަހަނބުގެ ބާވަތްތައް ހިފުން
    ވެލާ ކަހަނބުގެ ބިސް ނެގުމާއި ބިސްވަޅުތަކަށް ގޯނާ ކުރުން
    ވެލާ ކަހަނބު ގެންގުޅުން
    ވެލާ ކަހަނބާއި އޭގެ ބައިތަކުގެ ވިޔަފާރިކުރުން
    ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އަދި އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުން
    ވެލާ ކަހަނބާއި، ވެލާ ކަހަނބުގެ ބިހާއި، ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓްކޮށް އެކްސްޕޯޓް ކުރުން

 

    ވެލާ ކަހަނބާއި، ވެލާ ކަހަނބުގެ ބިހާއި، ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓްކޮށް އެކްސްޕޯޓް ކުރުން

މީގެއިތުރުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ނުހޯދާ ވެލާ ކަހަނބާ ގުޅޭ އެއްވެސް ދިރާސާއެއް ކުރުމާއި ވެލާ ކަހަނބު އާލާ ކުރުމުގެ މަސައްކަތް ކުރުމަކީވެސް މަނާކަމެކެވެ. މިއާ ޚިލާފްވާ ފަރާތްތަކާމެދު ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅުއްވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންނެވެ. އެގޮތުން ގެއްލުންދޭ ކޮންމެ ވެލާ ކަހަނބަކަށް ތިރީސްހާސް ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެއްވެލާކަހަނބަށްވުރެ ގިނަ ނަމަ ކޮންމެ ވެލާ ކަހަނބަކަށް ތިރީސް ފަސްހާސް ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. މީގެއިތުރުން ވެލާ ކަހަނބު އާންމުކޮށް ބިސްއަޅާ ސަރަހައްދަކަށް ގެއްލުންދީފި ނަމަ އަކަ މީޓަރަކަށް ބާރަހާސް ހަސަތޭކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ވެލާ ކަހަނބަށް ގެއްލުންވާގޮތަށް އަމަލުކުރާ ފަރާތްތަކަށް ގާނޫނުގައިވާ ގޮތަށް އަދަބުދޭނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.