މައި ކޮލެޖުން ޕްރައިމަރީ ޓީޗިން ޑިގްރީ ކޯހެއް އޭދަފުށީގައި ފަށަނީ

mi-college-eyd

މައި ކޮލެޖުން ޕްރައިމަރީ ޓީޗިން ޑިގްރީ (އިނގިރޭސި މީޑިއަމް) ކޯހެއް އޭދަފުށީގައި ފަށަން ނިންމައިފި އެވެ.

މައި ކޮލެޖުން ބުނި ގޮތުގައި އެ ކލެޖުގެ އޭދަފުށީ ބްރާންޗުގައި ފަށާ އެ ކޯހަކީ ބ. އަތޮޅު ސްކޫލު ތަކުގައި ޓީޗިން ޑިޕްލޮމާ ހާސިލުކޮށްފައިތިބި ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

މައި ކޮލެޖުން ބުނި ގޮތުގައި އަންނަމަހު ފަށާ އެ ކޯހަކީ ދެ އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ. މި ކޯހުގައި ބައިވެރިވާ ޓީޗަރުންނަށް %10 ޑިސްކައުންޓް ލިބޭނެ ކަމަށްވެސް މައި ކޮލެޖުން ބުންޏެވެ.

“މިއީ މިއަތޮޅު ސްކޫލުތަކުގައި މިހާރު ވެސް ކިޔަވައިދެމުން އަންނަ ޓީޗަރުންނަށް ހިންގާ ކޯސްތަކަކަށް ވާތީ، މި ކޯސްތަކުގެ ކިޔެވުން ތާވަލްކޮށްފައި އޮންނަނީ ބްލޮކް މޯޑަށް ހަފުތާ ބަންދު ދުވަސްތަކަށް،”

މި ކޯހުގައި ބައިވެރިވުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ފޯމު ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 24 ވަނަ ދުވަހެވެ.

މައި ކޮލެޖުގެ ބްރާންޗެއް އޭދފުށީގަިއ ހުޅުވީ މިއަހަރުގެ ޖެނުއަރީމަހު އެވެ. އެ ކޮލެޖުން އޭދަފުށީގައި އަންނަނީ ޑިޕްލޮމާ ކޯހެއްވެސް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.