
ރައީސް އަބްދުﷲ ޔާމީންގެ ދެވަނަ ދައުރުގެ ކެމްޕޭނަށް ލީޑަރުން ތައްޔާރު ކުރުމަށް އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ މަހާސިންތާ މިއަދު ބ. އަތޮޅުގައި ފަށައިފި އެވެ.
އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މިއަތޮޅުގައި ކުރިއަށްގެންދާ މި މަހާސިންތާ ކުރިއަށްގެންދަނީ ތިން ދާއިރާ އަށް ބަހާލައިގެންނެވެ. އެގޮތުން އޭދަފުށީ ދާއިރާގެ މަހާސިންތާ އޭދަފުށީގައި ކުރިއަށްދާއިރު ކެންދޫ ދާއިރާގެ މަހާސިންތާ ކުރިއަށްދަނީ ދަރަވަންދޫގަ އެވެ. އަދި ތުޅާދޫ ދާއިރާގެ މަހާސިންތާ ކުރިއަށްދަނީ ތުޅާދޫ ގަ އެވެ.
މި މަހާސިންތާގެ ތެރެއިން ބައިވެރިވާ ލީޑަރުން އަމިއްލައަށް ޑޯޓުޑޯ އަށް ވަޑައިގެން މެމްބާޝިޕް ފޯމް ފުރުމާއި ޕާޓީއަށާއި ނުވަތަ ރައީސް ޔާމިން އަށް ތާއީދު އިތުރު ކުރެވޭނެ ގޮތްތައް ދަސްކުރާނެ ކަމަށް ޕީޕީއެމުން ބުނެ އެވެ.
މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް އަންނަ ހުކުރު ދުވަހުގެރޭ އޭދަފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ރަސްމިއްޔާތުގައި އަތޮޅުގެ މަހާސިންތާގައި ބައިވެރިވި ހުރިހާ ފަރާތްތަކުންވެސް ބައިވެރިވާނެކަމަށް ޕީޕީއެމުން ބުނެއެވެ.

ޓެކުމާ، ފޭރުމާ، މަކަރާ، ހީލަތާ، ޚިޔާނާތާ، ވައްކަމާ އަދި އޮޅުވާލުމާ ފުރައްސާރަ ކުރުމަށްޓަކައް މީހުން ބިނާ ކުރުމަކީ، ޖާހިލިއްޔަ ޒަމާނުއްސުރެ ފެށިގެން ވަކި ޖަމާޢަތެއްގެ ތެރޭގަ، އޮންނަ ކަމެއް. މި މުޑުދާރު ޢަމަލު، ދަރީންގެ ދަރީންނަށް ވާޞިލު ކޮށްދިނުމަކީ، އެޒަމާނުއްސުރެ ފެށިގެން މިއަދާއި ހަމައަށްވެސް މިދެންނެވި ޖަމާޢަތުން ވަރަށް އިސްކަން ދީގެން ކުރަމުން ގެންދާ “އަގުހުރި” މަސައްކަތެއް. ފަހުގެ ޖީލުތަކަށް މިކަން އެންމެ ފަސޭހައިން ފާހަގަ ކުރެވިފައިވާނީ، “ކުޑަ ކާފު ބޮޑު ކާފު” ގެ ޒަމާނުން ފެށިގެން ކަމުގައި ޤަބޫލުކުރެވޭ. އަދި ދާދި ފަހުން ބޭއްވި އިންތިޚާބެއްގަ، ޤައުމުގެ ވޯޓްލާ މީހުންގެ އާބާދީގެ %92 މީހުން ވޯޓްލުން ވެގެން ދިޔައީ، ބައިނަލް އަޤްވާމީ މުޖުތަމިޢު ، އެކަމަށްޓަކައި “ފަޚުރުވެރިވި” ކަމަކަށް.