މަރްޙޫމް ޝާހީން ފުޓްސަލް ޗެލެންޖް މިއަދު ހަވީރު ފަށަނީ

މިދިޔަ އަހަރު އޮތް ޝާހީން މުބާރާތުގައި ކުޅެނީ
މިދިޔަ އަހަރު އޮތް ޝާހީން މުބާރާތުގައި ކުޅެނީ

މަރްޙޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖް މިއަދު ހަވީރު ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި އަހަރުގެ މުބާރާތުގައިވެސް 12 ޓީމު ވާދަކުރެ އެވެ.

މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނުނީ އެންމެ ފަހުގެ ޗެންޕިއަން ސޮނެވާފުށި، އޭދަފުށި ޕޮލިސް އަދި ފެއިސް ޔުނައިޓެޑްއެވެ. ގްރޫޕް ބީގައި އިރުމަތީ ލަވާރސް، ރޯޔަލް އަދި އަނަންތަރާާ ރިސޯޓްް ހިމެނުން އިރު ގްރޫޕް ސީ އަށް ދިޔައީ އަމިއްލަ ފުއްޓާއި، ޔުނައިޓެޑް ވީ އަދި ވެލިގަޑު ރިސޯޓްއެވެ. ގްރޫޕް ޑީގައި ހިމެނުނީ މި މުބާރާތުގައި އަލަށް ބައިވެރިވާ ޑީކޭ ޔުނައިޓެޑް، ކިހާދު މޯލްޑިވްސް އާއި ފޯ ސީޒަން ރިސޯޓްއެވެ.

ފުރަތަމަ މެޗުގައި މިއަދު ހަވީރު އެންމެފަހުގެ ޗެމްޕިއަން ސޮނެވާފުއްޓާއި އޭދަފުށީ ޕޮލިސް އެވެ. މި މެޗް ފަށާނީ ހަވީރު 4:10 ގައެވެ. ހަވީރު ކުޅޭ ދެވަނަ މެޗުގައި ރޯޔަލް އައިލެންޑް ރިސޯޓާއި އިރުމަތީ ލަވާސް ބައްދަލުކުރާނެ އެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ 5:05 ގައެވެ. މާދަމާވެސް މި މުބާރާތުގެ 2 މެޗް ކުޅޭނެއެވެ.

މި މުބާރާތަކީ ކްލަބް ދަ ބިގިނާސް އިން 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގައި ވާދަކުރާކުރުމަށް ދައުވަތުދެނީ ބ. އަތޮޅުގެ ރިސޯޓްތަކަށާއި އޭދަފުށީގެ ޓީމުތަކަށެވެ.

މި މުބާރާތަކީ އަލްމަރުޙޫމް އަޙުމަދު ޝާހީންގެ ހަނދާން އާކޮށް، ބ. އަތޮޅުގެ ރިސޯޓްތަކާއި، އޭދަފުށީ ފުޓްސަލް ޓީމުތަކާއި ދައުވަތު ދެވޭ ހާއްސަ ފަރާތްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖުތިމާއީ ރޫޙާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. އަދި އެކުވެރިކަމާއި އެކު މަސައްކަތް ކުރުމުގެ ރޫޙް އާލާ ކުރުމާއި ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައި ދިނުންވެސް މި މުބާރާތް ބާއްވާ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.