މަހާސިންތާއާ ގުޅުވައިގެން އޭދަފުށީގައި އޮލިމްޕިއަންސްގެ ޝޯއެއް ބާއްވަނީ

އޮލިމްޕިއަންސް އިން މިނިވަން 50 އާ ގުޅުވައިގެން މިދިޔަ އަހަރު ދިއްދޫގައި ބޭއްވި ޝޯގައި ލަވަކިޔަނީ، އެ ބޭންޑުގެ ޝޯއެއް މާދަމާރޭ އޭދަފުށީގައި އޮންނާނެ.
އޮލިމްޕިއަންސް އިން މިނިވަން 50 އާ ގުޅުވައިގެން މިދިޔަ އަހަރު ދިއްދޫގައި ބޭއްވި ޝޯގައި ލަވަކިޔަނީ، އެ ބޭންޑުގެ ޝޯއެއް މާދަމާރޭ އޭދަފުށީގައި އޮންނާނެ.

ރައީސް އަބްދުﷲ ޔާމީންގެ ދެވަނަ ދައުރުގެ ކެމްޕޭނަށް ލީޑަރުން ތައްޔާރު ކުރުމަށް އިއްޔެ ބ. އަތޮޅުގައި ފެށި މަހާސިންތާ އާ ގުޅުވައިގެން މާދަމާރޭ އޭދަފުށީގައި އޮލިމްޕިއަންސްގެ ފޮރިގަދަ މިއުޒިކް ޝޯއެއް ބާއްވަން ނިންމައިފި އެވެ.

އެ ހަރަކާތް އިންތިޒާމް ކުރާ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ޒަމީލު ވިދާޅުވީ މަހާސިންތާ އާ ގުޅުވައިގެން ބާއްވާ މިއުޒިކް ޝޯ އޮންނާނީ މާދަމަރޭ މަހާސިންތާ ނިންމުމުގެ ގޮތުން ބާއްވާ ޖަލްސާއަށްފަހު ކަމަށެވެ.

އޮލިމްޕިއަންސްގެ ބޭންޑްގައި މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ހަމްދީ އާއި އިބްރާހިމް ޝަކީބާއި މަހުމޫދާ ޝަކީބް ހިމެނެ އެވެ.

މާދަމާރޭ އޭދަފުށީ އުތުރު ފަރާތު އޯޕަން ސްޓޭޖުގައި ބާއްވާ އެ ޝޯ އަކީ މިހާތަނަށް ބ. އަތޮޅުގައި ބާއްވާ މި ބާވަތުގެ އެންމެ ފޯރިގަދަ ހަރަކާތަށް ހެދުމަށް ޕީޕީއެމުން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. މި ޝޯ އަށް ސައުންޑާއި ލައިޓީން ވެސް ކުރިއަށް ގެންދަނީ ރާއްޖޭގައި ތިބި އެކަމަށް އެންމެ ގާބިލް ޓީމުންނެވެ.

ރާއްޖޭގެ އެހާރާއި މިހާރުގެ އެންމެ މަޝްހޫރު ލަވަކިއުންތެރިން ހިމެނޭ އޮލިމްޕިއަންސް ބޭންޑް އޭދަފުއްޓަށް އައީ އިއްޔެ ހަވީރު އެވެ. ނަމަވެސް އިއްޔެ އޭދަފުއްޓަށް އައި ޓީމުގައި ހިމެނެނީ މުޅިންވެސް ކުރީގެ ލަވަކިޔުންތެރިންނެވެ.

އޮލިންޕިއަންސް ބޭންޑް އަށް ހޫނު މަރުހަބާއެ ކިޔާޏީ
އޮލިންޕިއަންސް ބޭންޑް އަށް ހޫނު މަރުހަބާއެ ކިޔާނީ

އޭދަފުއްޓަށް ފޭބުމުން އޭދަފުށީގެ ޕީޕީއެމް ސަޕޯޓަރުންގެ ފަރާތުން އޮލިމްޕިއަންސް ބޭންޑަށް ކިޔައިފައި ވަނީ ވަރަށް ހޫނު މަރަހަބާ އެކެވެ.

ކެމްޕޭން ލީޑަރުން ތައްޔާރުކުރުމަށް ޕީޕީއެމުން އިއްޔެ ބ. އަތޮޅުގައި ފެށި މަހާސިންތާއަކީ އަތޮޅު ތެރޭގައި ބޭއްވި ފުރަތަމަ މަހާސިންތާ އެވެ. މިއަތޮޅުގައި މި މަހާސިންތާ ކުރިއަށް ގެންދަނީ ތިން ދާއިރާ އަށް ބަހާލައިގެން އޭދަފުއްޓާއި، ދަރަވަންދޫ އަދި ތުޅާދޫ ގަ އެވެ.

މަހާސިންތާ ނިންމުމުގެ ގޮތުން މާދަމާރޭ ބާއްވާ ރަސްމިއްޔާތުގައި އަތޮޅުގެ 13 ރަށުން ބާއިވެރިވާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

މަހާސިންތާ ނިންމުގެ ރަސްމިއްޔާތަށް ރައީސް ޔާމިންގެ ދެކަނބަލުން މާދަމާގެ ވަގުތެއްގައި އޭދަފުއްޓަށް ވަޑައިގަންނަވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން ޔަގީނެއް ނުކޮށްދެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަހްމަދު ރަޝީދު = ސީޓް

    “ގޭގަ އިންނަ އަނބި މީހާވެސް ނުބަލަ އެއީ ކޮން ގޮތަކަށް ހޯދި ފައިސާއެއްތޯ” ދެން ޚަރަދު ކުރަންވީނުން. ދޮޅު ލައްކަ ދޮޅު ލައްކަ ދޮޅު ލައްކަ ދޮޅު ލައްކަ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.