ފުރަތަމަ މެޗުތަކުން ސޮނެވާ އާއި ރޯޔަލް މޮޅުވެއްޖެ

މިއަދު ކުޅުނު ފުރަތަމަ މެޗްގައި ސޮނެވާ އަދި އޭދަފުށީ ޕޮލިސް ކުޅޭނީ |އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ފުރަތަމަ މެޗްގައި ސޮނެވާ އަދި އޭދަފުށީ ޕޮލިސް ކުޅޭނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ. އޭދަފުށީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ މަރްޙޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖްގެ ފުރަތަމަ މެޗުތަކުން ސޮނެވާފުށި ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓް މޮޅުވެއްޖެ އެވެ.

ހަވީރު ކުޅުނު ފުރަތަމަ މެޗުން ސޮނެވާފުށި މޮޅުވީ އޭދަފުށީ ޕޮލިސް އާ ބައްދަލުކޮށް 8-4 އިންނެވެ. މި މެޗްގައި ސޮނެވާ ޓީމުގެ ލަނޑުތަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން އަބްދުލް މަޖީދް، އަޒްމީން، މާޖިދް، ވިޝާމް އަދި ޝާޑޫއެވެ. މި މެޗްގައި ކެޕްޓަން މަޖީދު 2 ލަނޑު ޖެހި އިރު އަޒްމީން ވަނީ ހެޓްރިކް ހަދާފައެވެ. އަދި ވިޝާމް، ޝަޑޫ އަދި މާޖިދް މި ކޮންމެ ކުޅުންތެރިއެއް ވަނީ ލަނޑުޖަހާފައެވެ.

ޝަރަފް ވެރި މެހެމާން ޓީމްތަކުގެ ކުޅެންތެރިންނާ ސަލާމް ކުރައްވަނީ|އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ޝަރަފް ވެރި މެހެމާން ޓީމްތަކުގެ ކުޅެންތެރިންނާ ސަލާމް ކުރައްވަނީ| އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށި ޕޮލިސް ޓީމްގެ ލަނޑުތަށް ކާމިޔާބު ކޮށްދިނީ ސިމާން، މަދީން އަދި އިބްރާހިމް މުހައްމަދެވެ. އިބްރާހިމް ވަނީ މިމެޗްގައި 2 ލަނޑުޖަހާފައެވެ.

މި މެޗް ގެ މޭން އޮފް ދަ މެޗް އަކަށް ހޮވިފައިވަނީ ސޮނެވާދުށި ޓީމްގެ އަޒްމީންއެވެ.

ރޯޔަލް އަަދި އިރުމަތީ ލަވާރސް ކުޅެނީ|އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ރޯޔަލް އަަދި އިރުމަތީ ލަވާރސް ކުޅެނީ| އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދު ކުޅުނު ދެވަނަ މެޗުގައި ރޯޔަލް އައިލެންޑް އަތުން އިރުމަތީ ލަވާސް ވަނީ 2-4 ގެ ނަތީޖާއަކުން ބަލިވެފައެެވެ. މި މެޗުގައި 3 ވަނަ މިނިޓްގައި ރޯޔަލް ޓީމްގެ އުބައިދުﷲ އަބްދުﷲ ވަނީ މެޗްގެ ފުރަތަމަ ލަނޑު ޖަހާފައެވެ. މާގިނަ އިރުތަކެއް ނުވެ އަނެއްކާވެސް އަނަސް ވަނީ ރޯޔަލް ޓީމަށް ލަނޑެ ޖަހާ މެޗްގެ ފަރަގު ބޮޑުކޮށްފައެވެ. ނަމަވެސް މެޗްގެ 15 ވަަނަ މިނިޓް ގައި އިރުމަތީ ލަވާރސްގެ އަފްރާހް ވަނީ ހިތްގައިމު ގޯލެއް ޖަހާ މެޗުގެ ނަތީޖާ ބަދަލްކޮށްލާފައެވެ. ފުރަތަަމަ ހާފް ނިމެން 2 މިނެޓަށް ވެފައި ވަނިކޮށް ރޯޔަލް ޓީމުން ވަނީ އެޓީމުގެ 3 ވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާޙިމް ޝަރީފްއެވެ. ދެވަނަ ހަފްގެ ފުރަތަމަ މިނެޓްގައި އަނެއްކާވެސް ރޯޔަލް ޓީމުގެ ފަޔާޒް ވަނީ ލަނޑެއް ޖަހާފައެވެ. އޭގެ 8 މިނެޓް ފަހުން އިރުމަތީ ލަވާރސްގެ ހަމްދާން ވަނީ އެޓީމްގެ 2 ވަނަ ލަނޑު ކަމީޔާބު ކޮށްދީފައެވެ. މި މެޗްގެ މޭން އޮފް ދަ މެޗް އަަކަށް ހޮވިފައި ވަނީ ރޯޔަލް ޓީމުގެ މުހައްމަދު ރިޔާޒްއެވެ.

ރޯޔަލް އަަދި އިރުމަތީ ލަވާރސް ގެ ކުޅުންތެރިންނާ ޝަރަފްވެރިި މެހެމާން ސަލާމް ކުރައްވަނީ|އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ރޯޔަލް އަަދި އިރުމަތީ ލަވާރސް ގެ ކުޅުންތެރިންނާ ޝަރަފްވެރިި މެހެމާން ސަލާމް ކުރް| އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މުބާރާތުގައި މާދަމާ ހަވީރުވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ކުޅޭނީ އަމިއްލަފުށީ ރިސޯޓް އާއި ޔުނައިޓެޑް ވީ ބައްދަލުކުރާ މެޗެވެ. ދެވަނަ މެޗުގައި ފޯސީޒަން ރިސޯޓާ ދެކޮޅަށް ނުކުންނާނީ ކިހާދު މޯލްޑިވްސް އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގު އެވެ. ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ ކޮމްޕެނީ ހަމަޖައްސާފައިވާއިރު މީޑިއާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.