“ސަބްމެރިން” ގައި އޭދަފުއްޓަށް މަސްތުވާތަކެތި!

eydhafushi

ކެއުމަށް ބޭނުންކުރާ “ސަބްމެރިން” އެއް ތެރޭގައި ފޮރުވައިގެން، އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ފުލުހުން މިއަދު އަތުލައިގެންފި އެވެ.

ފުލުހުން ބުނިގޮތުގައި އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި އަތުލައިގެންފައި ވަނީ 47 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެކެވެ. ނަމަވެސް އެ މީހުންގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

“ދެމީހަކު އެބަތިބި ހައްޔަރު ކުރެވިފައި. އެއީ މިއަދު 3:30 އެހާކަން ހާއިރު މިކޮޅުން [މާލެއިން] ފުރައިގެން އޭދަފުއްޓަށް ދިޔަ ލޯންޗެއްގައި މަސްތުވާތަކެތި ގެންދިޔަ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި. އެމީހުން އަތުގައި އޮތް ކެއުމަށް ބޭނުންކުރާ ސަބްމެރިން އެއްގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފިން ކޮޅެއް ވަނީ ފެނިފައި،” ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އޭގެތެރެއިން އެކަކަކީ އޭދަފުށީގައި މިހާރު ކުރިއަށްދާ މަހާސިންތާ ކޯޑިނޭޓްކުރުމުގައި އިސްކޮށް އުޅޭ ޕީޕީއެމްގެ އެކްޓިވިސްޓެކެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރުވެސް މަސްތުވާ ތަކެއްޗާއެކު އޭދަފުށިން އޭނާ ވަނީ ހައްޔަރު ކޮށްފަ އެވެ.

މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

9 ކޮމެންޓް

  1. ޢަބްދުލްމުހައިމިން

    މި ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އީޓީ އިން ފާހަގަކޮށްފައިވާ ފަދަ މީހުން ޕާޓީ ތަކުގެ އިސް ސަފުގައި ޙަރަކާތްތެރި ކުރުވުން. އެފަދަ މީހުންގެ ސަބަބުން ޕާޓީ ތަކުގެ އަބުރާ ޢިއްޒަތް މިދަނީ ކިލަނބުވަމުން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.