ކިހާދުއްފަރާއި ޔުނައިޓެޑް ވީ ގެ ފެށުން ރަގަޅުކޮށްފި

މިއަދު ކުޅުނު ފުރަތަމަ މެޗްގައި ޔުނައިޓެޑް ވީ އާއި އަމިއްލަފުށި ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ފުރަތަމަ މެޗްގައި ޔުނައިޓެޑް ވީ އާއި އަމިއްލަފުށި ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިހާރު ބ.އޭދަފުށީގައި ކުރިޔަށް ދާ މަރްޙޫމް އަހުމަދު ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖައި މިއަދު ކުޅުނު މެޗުތަކުން ކިހާދުއްފަރާއި ޔުނައިޓެޑް ވީ މޮޅުވެއްޖެއެވެ.

ހަވީރު  އޭދަފުށި ފުޓްބޯޅަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ވީ މޮޅުވީ އަމިއްލަފުށްޓާ ވާދަކޮށް 1-9 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗްގައި ޔުނައިޓެޑް ވީ ގެ ލަނޑުތަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓެ)، އަހްމަދު ހަނީފް އަދި އަބްދުﷲ ޝައްފާންއެވެ. މި މެޗްގައި ފާސިރު 2 ލަނޑު ޖެހި އިރު ޝައްފާން ވަނީ 5 ގޯލް ޔުނައިޓެޑް ވީ އަށް ކާމިޔާބު ކޮށްދީފައެވެ. މި މެޗްގައި ޔުނައިޓެޑް ވީގެ އައިމާން ހަބީބް އަށްވަނީ ރަތް ކާޑު ދައްކާފައެވެ. އަމިއްލަ ފުށި ޓީމުން ޖެހި ހަމަ އެކަނި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ޝަމީއުއެވެ.

މި މެޗް ގެ މޭން އޮފް ދަ މެޗް އަކަށް ހޮވިފައިވަނީ ޔުނައިޓެޑް ވީ އަށް 5 ލަނޑު ކާމިޔާބު ކޮށްދިން ޝައްފާންއެވެ.

މިއަދު ކުޅުނު ދެވަނަ މެޗްގައިފޯސީޒަން އާއި ކިހާދުއްފަރު ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ދެވަނަ މެޗްގައިފޯސީޒަން އާއި ކިހާދުއްފަރު ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދު ކުޅުނު ދެވަނަ މެޗުގައި ކިހާދުއްފަރާއި ފޯސީޒަން ބައްދަލު ކުރި މެޗް 2-5 ގެ ނަތީޖާއަކު ފޯސީޒަން ވަނީ ބަލިވެފައެވެ.މި މެޗްގައި ކިހާދުއްފަރު ޓީމްގެ ގޯލްތަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ވައްހާބް، މައުމޫން، ޝިފާޒް އަދި މުނައްވަރެވެ. މައުމޫންވަނީ މިމެޗްގައި 2 ލަނޑު ޖަހާފައެވެ. ފޯސީޒަން ޓީމުގެ ގޯލަތަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް ރަމީޒް އާއި ނަސްރަހްއެވެ. ނަސްރަހު ވަނީ ފޯސީޒަން ޓީމަށް 2 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މެޗް ގެ މޭން އޮފް ދަ މެޗް އަކަށް ހޮވިފައިވަނީ ކިހާދުއްފަރު ޓީމްގެ ޖާޒީ ނަންބަރު 8 މައުމޫން އަބްދުލް ޤައްޔޫމެވެ.

މުބާރާތުގައި މާދަމާ ހަވީރުވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ކުޅޭނީ ސޮނެވާފުށި ރިސޯޓް އާއި ފެއިމްސް ޔުނައިޓެޑް ބައްދަލުކުރާ މެޗެވެ. ދެވަނަ މެޗުގައި ކިހަވަށް ސްރައިކާސް ދެކޮޅަށް ނުކުންނާނީ އިރުމަތީ ލަވާރސްއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގު އެވެ. ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ ކޮމްޕެނީ ހަމަޖައްސާފައިވާއިރު މީޑިއާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.