ސޮނެވާފުށި ދެވަނަ ބުރަށް ދިޔައިރު އަނަންތަރާ ފުރަތަމަ މެޗުން މޮޅުވެއްޖެ

މިއަދު ކުޅުނު ފުރަތަމަ މެޗްގައި ފެއިމްސް ޔުނައިޓެޑް އާއި ސޮނެވާފުށީ ރިސޯޓް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ފުރަތަމަ މެޗްގައި ފެއިމްސް ޔުނައިޓެޑް އާއި ސޮނެވާފުށީ ރިސޯޓް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

.މިހާރު ބ.އޭދަފުށީގައި ކުރިޔަށް ދާ މަރްޙޫމް އަހުމަދު ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖައި މިއަދު ކުޅުނު މެޗުތަކުން އަނަންތަރާ ރިސޯޓް މޮޅުވިއިރު ސޮނެވާފުށި މެޗު އެއްވަރުވެއްޖެއެވެ.

މިއަދު ހަވީރު އޭދަފުށި ފުޓްބޯޅަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ނިމުނީ ދެ ޓީމުން އެއް ޓީމަކަށްވެސް ލަނޑެއް ނުޖެހިއެވެ. އެހެން ނަމަވެސް ދެ ޓީމަށް ވެސް ވަނީ ލަނޑު ޖާހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި މެޗް އެއްވަރުވި ނަމަވެސް ސޮނެވާފުށި ރިސޯޓް ވަނީ މި މުބާރާތުގެ 2 ވަނަ ބުރަށް ގޮސްފައެވެ. އެއީ ސޮނެވާފުށި ކުޅުނު ފުރަތަމަ މެޗުން ލިބުނު 3 ޕޮއިންޓާ މި މެޗް އެއްވަރު ކޮށްލައިގެން ލިބުން 1 ޕޮއިންޓާއިއެކު ޖުމްލަ 4 ޕޮއިންޓް ލިބިގެންނެެވެ.

.މި މެޗް ގެ މޭން އޮފް ދަ މެޗް އަކަށް ހޮވިފައިވަނީ ސޮނެވާފުށީ ޓީމްގެ ގޯލްކީޕަރ އާދަމް ނިޒާމްއަށެވެ. އޭނާ ވަނީ މި މެޗް ގައި ގޯލަށް އައި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ

މިއަދު ކުޅުނު ދެވަނަ މެޗްގައި އިރުމަތީ ލަވާރސް އާއި އަނަންތަރާ ރިސޯޓް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ދެވަނަ މެޗްގައި އިރުމަތީ ލަވާރސް އާއި އަނަންތަރާ ރިސޯޓް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދު ކުޅުނު ދެވަނަ މެޗުގައި އިރުމަތީ ލަަވާރސް އާއި އަނަންތަރާ ބައްދަލުކުރި މެޗް ނިިމުނީ 2-3 ގެ ނަތީޖާއަކުން އަނަންތަރާ ރިސޯޓް މޮޅުވެގެންނެވެ. މި މެޗްގެ ފުރަތަމަ ގޯލް 19 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ އިރުމަތީ ލަވާރސްގެ މިމްރާހްއެވެ. އެހެން ނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ އަނަންތަރާ އިން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ. އަނަންތަރާއިން ގޯލް ޖެހިތާ 2 މިނިޓް ފަހުން އިރުމަތީ ލަވާރސް ގެ ޒުވާން ކުޅުންތެރިޔާ ހައިޝަމް ވަނީ ގޯލެއްޖަހާ ޓީމް މެޗެން މޮޅުވާން މަސައްކަތް ކޮށްދީފައެވެ. މި މެޗްގައި ދެ ޓީމުންވެސް ވަނީ ގޯލާ އަމާޒުކޮށް ގިނަ ހަމަލާ ތަކެއް އުފައްދާފައެވެ. މެޗްގައި އިރުމަތީ ލަވާރސް ގެ ކިޕަރ ވަނީ މޮޅެތި ސޭވްތަކެއް ކޮށްފައެވެ. މި މެޗް ގައި ދެން ފެނިގެން ދިޔައީ ފަހަތުން އަރާ 2 ގޯލް ޖެހުމަށް ފަހު އަނަންތަރާ މި މެޗުން މޮޅުވިި މަންޒަރެވެ. ފަހުން ޖެހި ދެ ގޯލް ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ މޭން އޮފް ދަ މެޗް ވެސް ލިބުން އަބްދުﷲ އަބޫބަކުރު (ކަނޫޓެ)އެވެ.

މުބާރާތުގައި މާދަމާ ހަވީރުވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ކުޅޭނީ އަމިއްލަފުށި ރިސޯޓް އާއި ވެލިގަނޑު ރެކްރިއޭޝަން ބައްދަލުކުރާ މެޗެވެ. ދެވަނަ މެޗުގައި ޑީކޭ ޔުނައިޓެޑް އާ ދެކޮޅަށް ނުކުންނާނީ ފޯ ސީޒަން ރިސޯޓްއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގު އެވެ. ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ ކޮމްޕެނީ ހަމަޖައްސާފައިވާއިރު މީޑިއާ ޕާޓްނަރަކީ މިފަހަރުވެސް އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.